BREAKING: MMA ge governor isthiufaa dhevvaifi
image
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގަވަރުނަރު އަހްމަދު ނަސީރު-- ފޮޓޯ: ޕީއެސްއެމް ނިއުސް
2 ކޮމެންޓް
 

އެމްއެމްއޭގެ ގަވަރުނަރު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހްމަދު ނަސީރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ސީއެންއެމް އަށް ވަނީ ނަސީރު އިސްތިއުފާ ދެއްވި ކަން ކަށަވަރުވެފަ އެވެ. އެކަމަކު އެކަމާއި ގުޅޭ ގޮތުން ނަސީރުގެ ބަހެއް އަދި ނުލިބެ އެވެ.

އެމްއެމްއޭގެ މީޑިއާ އޮފިޝަލް ވެސް އެކަމާއި ބެހޭ ގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އިސްތިއުފާގެ ސިޓީއެއް ރައީސް އޮފީހަށް ލިބުނުކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

އެއްވެސް ފަރާތެއްގެ ރަސްމީ ބަހެއް ލިބިފައި ނުވާތީ ނަސީރު އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ.

އެކަމަކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ މައްސަލާގައި ދާދި ފަހުން ނަސީރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.

ދެ ފަހަރެއްގެ މަތިން ނަސީރު ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ. އެއީ އެމްއެމްއޭގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އަހްމަދު އަޝްރަފު، ނަސީރަށް ކުރެއްވި ތުހުމަތުތަކާއި ގުޅިގެންނެވެ.

އަޝްރަފު ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ ޝައްކު ކުރެވޭ މުއާމަލާތްތައް ހުއްޓުވަން އޭނާ މަސައްކަތް ކުރެއްވި ކަމަށާއި، އެ މަސައްކަތަށް ނަސީރު ހުރަސް އެޅުއްވި ކަމަށެވެ. އެ ތުހުމަތުތަކާއެކު އޭނާ ވަނީ މާލިއްޔަތު ކޮމިޓީ އަށް ސިޓީއެއް ފޮނުއްވާފަ އެވެ.

އަޝްރަފު ވެސް މާލިއްޔަތު ކޮމިޓީ އަށް ހާޒިރު ކުރުމުން، ނަސީރު ވަނީ އޭނާގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެއީ އެފްއައިޔޫގެ ޑޭޓާބޭސްގެ ތެރެއަށް ބޮޓެއް ލައިގެން ޓެލެގްރާމް ގްރޫޕަކަށް މައުލޫމާތު ލީކު ކުރި ކަމުގެ ތުހުމަތެވެ.

އެމްއެމްއޭ އިން ވަނީ އެފްއައިޔޫގެ މަސައްކަތަށް ނަސީރު ހުރަސް އެޅުއްވި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެމްއެމްއޭގެ ގަވަރުނަރު ކަމަށް ނަސީރު އައްޔަނު ކުރެއްވީ އޯގަސްޓް 2017 ގައެވެ.

ނަސީރަކީ އިގްތިސާދާއި މާލިއްޔަތުގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ސީއީއޯ އަދި ބޯޑު ޗެއާމަންކަން ކުރައްވާފަ އެވެ.

އޭގެ އިތުރުން އެމްއެމްއޭގެ އެކި މަގާމުތަކާއި ފިނޭންސް އަދި އިކޮނޮމިކް މިނިސްޓްރީ އަށް ވެސް އެކި ހިދުމަތްތައް ކުރެއްވި އެވެ. އޭނާ އަކީ ޕޮލިސީ އިކޮނޮމިކްސް އިން މާސްޓާޒް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑިގްރީ ހައްދަވާފައި ވަނީ އިކޮނޮމިކްސް އެންޑް މާކެޓިން އިންނެވެ.
ހިޔާލު

ޖޖޖ

ނަމޫނާ އަކަށް ބަލައިގެން ހުރިހާ އެންމެން އިސްތިއުފާ ދޭންވީ ނުން

އަޒީމް

އިސްތިއުފާ ދިނުމްކުން ނުފުދޭނެ، ތަހުގީގު އަވަސްކޮއް ޖަލުގޮޅިއަށް ގެންދަން ފެނޭ