3 Vazeeregge suvaaluthakuge notice ge mudhdhathu hamavi iruves Majileehah vadainugennevunu
image
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އަދި ހޯމް އެފެއާޒު މިނިސްޓަރު އިމްރާން އަބްދުﷲ--
0 ކޮމެންޓް
 

ތިން ވަޒީރެއްގެ ނޯޓިހުގެ މުއްދަތު ހަމަވިއިރުވެސް މަޖިލީހަށް ވަޑައިނުގެންނެވުނު

ތިން ވަޒީރަކާ ސުވާލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، ވަޒީރާ ސުވާލު ކުރެއްވުމަށް ވަޒީރުންނަށް ފޮނުވާފައިވާ 14 ދުވަހުގެ ނޯޓިސް ހަމަވިއިރު ވެސް އެ ވަޒީރުންނަށް މަޖިލީހަށް ވަޑައިނުގެންނެވުނެވެ.
ސުވާލު ކުރެއްވުމަށް 14 ދުވަހުގެ ނޯޓިސް ފޮނުވާފައިވާ، އަދި އެ ނޯޓިހުގެ މުއްދަތުގައި މަޖިލީހަށް ހާޒިރުވެވަޑައި ނުގެންނެވުނު ވަޒީރުންނަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އަދި ހޯމް އެފެއާޒު މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އެ ތިން ވަޒީރުންނާ ވެސް ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން، ވަޒީރަކާއި ސުވާލުކުރަން ހުށަހަޅާ ދުވަހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުލައި އެ ބޭފުޅަކަށް މަޖިލީހުގެ އިދާރާ އިން 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރު ޖާބިރު ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށްޓަކައި މަޖިލީހަށް ވަޒީރުންނަށް ވަޑައިގެންނެވޭނެ ދުވަހެއް ބެއްލުވެމަށްފަހު އެޖެންޑާ ކުރެވޭނެ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އެކަން ހަމަޖެއްސޭތޯ ބައްލަވާނެ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ޖާބިރު ފޮރިން މިނިސްޓަރު ޝާހިދާ ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ، ގަތަރާ އަލުން ގުޅުން ބަދަހި ކުރުމުގެ މަސައްކަތުގެ ފަހުގެ މައުމޫމާތުތަކާ ގުޅޭ ގޮތުންނެވެ. ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއާ ސުވާލު ކުރައްވަނީ، މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ނުހޯއްދަވައި ސްޓިކާ ޖަހަމުންދާ މައްސަލާގަ އެވެ. އަދި ހޯމް މިނިސްޓަރު އިމްރާނާ ސުވާލު ކުރެވުމަށް ހުށަހަޅުއްވާފައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާ އާއި އެ ދުވަހަށް ފަހު ހިނގި ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.
ހިޔާލު