Dhiraagu ge mobile hidhumaiy thah hoadhumuga baeh dhathi thah
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދިރާގުގެ މޮބައިލް ހިދުމަތްތައް ހޯދުމުގައި ބައެއް ދަތިތައް

ދިރާގުގެ މޮބައިލް ކަސްޓަމަރުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިނުމުގައި ދިމާވަމުންދާ ބައެއް މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުގެ މޮބައިލް ކަސްޓަމަރުންނަށް ބައެއް ހިދުމަތްތައް ހޯދުމުގައު ދަތިތަކާއި ކުރިމަތިވާން ފެށީ އިއްޔެ ހަވީރެވެ. ދިރާގުން ވަނީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ވަގުތުން ފަށާފަ އެވެ.

ދިރާގުން ބުނި ގޮތުގައި ރީޗާޖް ކުރުމާއި، ޕެކޭޖެތައް ނަގައި، ބެލެންސް ޗެކްކޮށް އަދި ދިރާގު މޯބައިލް އެޕްލިކޭޝަން ބޭނުން ކުރުމުގައި އަދިވެސް ބައެއް މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.

ދިރާގުން ވަނީ ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތަކަށް މައާފަށް އެދި ވީ އެންމެ އަވަހަކަށް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.
ދިރާގު
ހިޔާލު