Maruge hukumaa gulhey gothun Imran aa suvaalu kurumah hushahalhaifi
image
މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް--
1 ކޮމެންޓް
 

މަރުގެ ހުކުމް ތަންފީޒު ކުރުމާއި ގުޅޭ ގޮތުން އިމްރާންއާ ސުވާލު ކުރުމަށް ހުށަހަޅައިފި

މަރުގެ ހުކުމް ތަންފީޒު ކުރުމާއި ގުޅޭ ގޮތުން، މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ކޮބައިތޯ ބެލުމަށް އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް، ހޯމް އެފެއާޒު މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލު ކުރެއްވުމަށް ހުށަހަޅުއްވައިފި އެވެ.
ހޯމް މިނިސްޓަރު އިމްރާނާ ސުވާލު ކުރެއްވުމަށް ތޯރިގް ހުށަހަޅުއްވާފައިވާ ސުވާލު މަޖިލީހަށް ހުށަހެޅުއްވީ ކޮން ދުވަހަކު ކަމެއް ސާފު ނުވި ނަމަވެސް އެ ސުވާލުގެ ކަރުދާހުގައިވާ ގޮތުން އެއީ މިމަހުގެ 16 ވަނަ ދުވަހެވެ.

"މިސަރުކާރުން މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމު، ބައިނަލްއަގްވާމީ ބައްދަލުވުމެއްގައި ވިދާޅުވެފައި ވެއެވެ. އިސްލާމީ ޝަރީއަތުގައިވާ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަވެ، އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތީން މަރުގެ ހުކުމް ކޮށްފައިވާ ކުށްވެރިއެއް، އަދި އެކުށްވެރިޔާގެ މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން، އިސްލާމީ ޝަރީއަތުގައި ބަޔާން ކުރާ ހުރިހާ ޝަރުއީ އުސޫލްތައް ފުރިހަމަ ވެފައިވާ ކުށްވެރިއެއްގެ މަރުގެ ހުކުމް ތަންފީޒު ކުރުމާމެދު މިސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ؟" ހޯމް މިނިސްޓަރު ޝެއިހް އިމްރާންއާ ކުރެއްވުމަށް މެމްބަރު ތޯރިގް މަޖިލީހަށް ހުށަހަޅުއްވާފައިވާ ސުވާލުގައި ވިދާޅުވެފައި ވެއެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާ ވާހަކައަކީ ތޯރިގް ވެސް ނިސްބަތްވާ ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެތައް ފަހަރަކު ދައްކަމުން ދިޔަ ވާހަކަތަކެކެވެ.

އެތައް ފަހަރެއްގެ މަތިން އެކިއެކި ޖަލްސާތަކުގައާއި، ސިޔާސީ އެކިއެކި ބޭނުމަށްޓަކައި، އެކިއެކި އިންތިހާބުތަކުގެ ކެމްޕެއިންތަކުގައި ވެސް މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ކެބިނެޓްގެ މިނިސްޓަރުން ގެންދިޔައީ ވިދާޅުމަމުންނެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ތަކުރާރުކޮށް، އެވާހަކަ ދައްކަވާފަ އެވެ.

އެހެންކަމުން މަރުގެ ހުކުމް ތަންފީޒު ކުރާ ވާހަކަ ސިޔާސީ ފަރާތްތަކުން ދައްކަނީ ސިޔާސީ މަންފާއެއް ހޯދަން ކަމާއި އެކަމުގެ އެއްވެސް އިހުލާސްތެރި ކަމެއް ނެތްކަން ގިނަ ރައްޔިތުންނަށް ގަބޫލު ކުރެވެ އެވެ.
މަޖިލިސް ސަރުކާރު
ހިޔާލު

ނާޅި

ބަލަ މަރުގެ ހުކުމަކީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުއްނަތާއި މުސްލިމު ދަންނަ ބޭކަލުންގެ ޢިޖުމާއުން ސާބިތުވާ ހުކުމެއް އިމާރު ދޭނެ ވަކި ޖަވާބެއް އަޅެފަހެއް އެބޮއްތަ ؟