3 fandiyaarehge mahsala balan JSC in ninmaifi
image
ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން
ސީއެންއެމް
1 ކޮމެންޓް
 

ތިން ފަނޑިޔާރެއްގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމައިފި

އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ބަލަން ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ އެކޮމިޝަނުން ބަލަން ނިންމާފައިވަނީ ހައިކޯޓްގެ ފަނޑިޔާރެއްގެ މައްސަލައާއި ސިވިލްކޯޓުގެ ފަނޑިޔާރެއްގެ މައްސަލައިގެ އިތުރުން ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓްގެ މައްސަލައެއް ކަމުގައެވެ.

ޖޭއެސްސީން ބަލަން ނިންމާފައިވަނީ ހައިކޯޓްގެ ފަނޑިޔާރު ހަސަން ގަލީގެ މައްސަލައަކައި ސިވިލްކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ މައްސަލައެގެ އިތުރުން ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް އަހުމަދު ޝަރީފުއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ އެކެވެ.

މި މައްސަލަތައް ބެލުމަށް ވަކިވަކިން އެކޮމިޝަނުން ވަނީ ތިން މެމްބަރުންގެ ކޮމެޓީތައް އެކުލަވާލާފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިހާރުވެސް ގެންދަނީ ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންނެވެ. އަދި ބައެއް ފަނޑިޔާރުންގެ މައްސަލަތައްބަލާ އެކޮމިޝަނުން މިހާރުވަނީ ފިޔަވަޅުވެއް އަޅާފައެވެ.
ޖޭއެސްސީ
ހިޔާލު

ލަކޫ

ކޯޓް ތަކަށް ހުށަހެޅިފައި ހުރި ރައްޔިތުންގެ މައްސަލަތަކަށް ވުރެން ޖޭއެސްޔަށް ހުށަހެޅިފައިވާ ފަޑިޔާރުންގެ މައްސަލަވެސް ވަކި މަދެއްނޫން، ޖޭއެސްސީގައި ހުރި ފަންޑިޔާރުންގެ މައްސަލަބަލާ އަވަސްކުރުމަށާއި ޖެއެސްސީ ޖަވާބުދާރީ ކުރުވާ ޒިންމާދާރީ ކުރުވަން މަޖިލިހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމޮޓީއަށް އިލްތިމާސް ކުރަން !