Zaathee mauloomaathuge massalaigai Facebook in fas billion dollaru dhahkanee
image
ފޮޓޯ:ރޫޓާސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުމުން ފޭސްބުކް އިން ފަސް ބިލިއަން ޑޮލަރު ދައްކަނީ

ޓޭޑާ ޕްރައިވެސީގެ ގާނޫނުތަކާ ހިލާފުވެ، ފޭސްބުކް ބޭނުން ކުރާ އެތައް މިލިއަން ބައެއްގެ ޒާތީ މައުލޫމާތު އިނގިރޭސި ވިލާތުގެ ކެމްބްރިޖް އެނަލިޓިކާ ކިޔާ ކުންފުންޏަކުން ބޭނުންކުރި މައްސަލާގައި ފަސް ބިލިއަން ޑޮލަރުގެ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އެކުންފުނިން އެއްބަސްވެއްޖެ އެވެ.
ފޭސްބުކް ބޭނުންކުރާ 87 މިލިއަން މީހުންގެ މައުލޫމާތު ގަވާއިދާ ހިލާފަށް އިނގިރޭސި ވިލާތުގެ ޕޮލިޓިކަލް ކޮންޒަލްޓިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ކެމްބްރިޖް އެނަލިޓިކާ އިން ހޯދި މައްސަލަ ކޮންޒިއުމަރުން ހިމާޔަތްކޮށްދޭ އެޖެންސީ، އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން ވަނީ ތަހުގީގުކޮށް ފޭސްބުކް ޖޫރިމަނާ ކޮށްފަ އެވެ.

މިމައްސަލާގައި ފޭސްބުކް ޖޫރިމަނާ ކޮށްފައިވަނީ އެ ކުންފުނީގެ އެއް އަހަރުގެ ފައިދާގެ ތެރޭން އެއް ކުއާޓަރަށް ޖެހޭ އަދަދުންނެވެ.

އެފްޓީސީގެ ޖޫރިމަނާއާ އެކު ފޭސްބުކް ގެ ހިންގުމާ ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ބޭނުންކުރާ ގޮތްތަކަށް ގިނަ ބަދަލުތަކެއް އަންނާނެއެވެ.

އޭގެތެރޭގައި ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ނުހިމެނޭގޮތަށް މިނިވަން ޕްރައިވެސީ ކޮމެޓީއެއް ކުންފުނިން އެކުލަވާލުން ހިމެނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމުގެ މައްސަލަ އެފްޓީސީން ތަހުގީގު ކުރަން ފެށީ މާޗް 2018 ގަ އެވެ.

ތަހުގީގުގައި ބަލާފައި ވަނީ ޔޫޒަރުންގެ މައުލޫމާތު ބޭނުން ކުރާ ނަމަ އެ މީހުންގެ ހުއްދަ ހޯދަން ޖެހޭ ކަމަށް ބުނާ ޒާތީ މައުލޫމާތު ސިއްރު ކުރާ 2011 ވަނަ އަހަރުގެ އެއްބަސްވުމާ ހިލާފުވެފައިވޭތޯ އެވެ.

ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ބޭނުންކޮށްގެން ކެމްބްރިޖް އެނަލިޓިކާ އިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭނަށް އެހީވިކަމުގެ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.

ފޭސްބުކް މެދުވެރިިކޮށް ބޮޑަށް ހޯދާފައި ވަނީ އެމެރިކާ މީހުންގެ މައުލޫމާތެވެ. އެ މައުލޫމާތު ވަނީ ޓްރަމްޕަށް ފަހިވާ ގޮތަށް މީހުންނަށް ސައިކޮލޮޖިކަލް ނުފޫޒު ފޯރުވަން ބޭނުންކޮށްފަ އެވެ. ކެމްބްރިޖް އެނަލިޓިކާ އާއި ކެމްބްރިޖް ޔުނިވާސިޓީއާ އެއްވެސް ގުޅުމެއް ނެތެވެ.

ފޭސްބުކުން ވަނީ މައްސަލަ ފެންމަތިވުމުން ފޭސްބުކް ބޭނުންކުރާ ފަރާތްތަކުން މާފަށްވެސް އެދިފަ އެވެ.

މިމައްސަލައިގައި އެފްޓީސީން ފޭސްބުކް ޖޫރިމަނާ ކުރި އަދަދަކީ މިހާތަނަށް ކުންފުންޏެއް ޖޫރިމަނާ ކުރި ރިކޯޑް އަދަދެކެވެ.

އޭގެ ކުރިން އެފްޓީސީން ކުރި އެންމެ ބޮޑު ޖޫރިމަނާއަކީ އިކުއިފެކްސް ނަމަކަށް ކިޔާ ކުންފުންޏެއް 275 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމެވެ،
ހިޔާލު