Arjun kapoor ge athukuri gadeege agu engeytha?
image
އަރްޖުން ކަޕޫރު--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އަރްޖުން ކަޕޫރުގެ އަތުކުރި ގަޑީގެ އަގު އެނގޭތަ؟

އަރުޖުން ކަޕޫރު އެންމެ ފަހުން އެމެރިކާއަށް ކުރި ދަތުރުގައި ވަނީ އޭނާގެ އަތުކުރި ގަޑީގެ ފޮޓޯތައް ސޯޝަލް މީޑިއާ އާ ހިއްސާކޮށްފަ އެވެ.
އަށާރަ ކެރެޓު ރަނުގެ މި ގަޑިއަކީ "ރޮލެކްސް އޮއިސްޓާ ޕާޕެޓުއަލް ޔޮޓް މާސްޓާ 3" ބްރޭންޑްގެ ގަޑިއެކެވެ. މި ގަޑީގެ ކޮލިޓީ އާއި ބްރޭންޑް އަށްވުރެ އާންމުންގެ އަމާޒު ހުއްޓިފައި ވަނީ ގަޑީގެ އަގަށެވެ.

އެގޮތުން އަރުޖުންގެ މި ގަޑީގެ އަގަގަކީ 2,757,000 އިންޑިއަން ރުޕީސް އެވެ. މިއީ ރާއްޖޭގެ ރުފިޔާ އިން ނަމަ 617,245.17 ރުފިޔާ އެވެ.

ވޯޓާ ޕްރޫފް މި ގަޑިއަކީ މޫދު ކުޅިވަރުތަކަށް ހާއްސަ ގަޑިއެއްކަން ފާހަގަކޮށްލެވެ އެވެ. އަރުޖުން ކަޕޫރުގެ ގަޑިއަށް ގިނަ ބަޔެއްގެ ތައުރީފު ދަނީ އޮހެމުންނެވެ.
ހިޔާލު