BREAKING: Vaanee gai fuluhaku genbigen niyaavehje
image
ފުލުހުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން -- ފޮޓޯ: ޕޮލިސް
0 ކޮމެންޓް
 

ވާނީގައި ފުލުހަކު ގެނބިގެން ނިޔާވެއްޖެ

ދ. ވާނީގައި ފުލުހަކު ގެނބިގެން ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ނިޔާވެފައި ވަނީ އެރަށުގައި ޕޮލިސް ޓްރެއިނިން ހަދަމުން ދިޔަ އުމުރުން 20 އަހަރުގެ ފިރިހެން ފުލުހެއް ކަމަށެވެ.

ޅ. ނައިފަރަށް ނިސްބަތްވާ އެ ޒުވާނާ ނިޔާވުމާއި ގުޅިގެން އޭނާ މާލެ ގެނައުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުން އަންނައިރު ފުލުހުން ބުނީ، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑާންޑްސް ކޮމާންޑްގެ ހާއްސަ ޓީމަކުން ބަލަމުންދާ ކަމަށެވެ.

ނައިފަރު ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ޝާހިދު އަބްދުﷲ ސީއެންއެމް އަށް ވިދާޅުވީ، އެ ޒުވާނާ ސްކޫލު ނިންމާލުމަށް ފަހު ގުޅިފައި ވަނީ ފުލުހުންގެ ވަޒީފާއާ ކަމަށާއި އަދި އޭނާ މަސައްކަތް ކުރަނީ ރަށު ޕޮލިސް ސްޓޭޝަނުގައި ކަމަށެވެ.

މީގެ ކުރިން ވެސް ޓްރޭނިންއަކަށް އޭނާ ދިޔަކަން ފާހަގަކޮށް ޝާހިދު ވަނީ އެއީ ވަރަށް އަހުލާގު ރަނގަޅު ޒުވާނެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.
މަރު ފުލުހުން
ހިޔާލު