Ran medal hoadhi Bodybuilding team raajje athuvehje
image
ދިވެހި އެތުލީޓުންގެ ޓީމް--
0 ކޮމެންޓް
 

ރަން މެޑަލް ހޯދި ބޮޑީބިލްޑިން ޓީމު ރާއްޖެ އަތުވެއްޖެ

ނޭޕާލުގެ ކަތުމަންޑޫގައި ކުރިއަށް ދިޔަ 12 ވަނަ ސައުތު އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ތިން ރަން މެޑެއްޔާއި ދެ ލޯ މެޑަލް ހޯދި ދިވެހި އެތުލީޓުން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
އެތުލީޓުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އަދި ފުލުހުންގެ އިސް އޮފިޝަލުން ވެސް އެތުލީޓުންނަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ގޮސްފައިވާއިރު އެތުލީޓުން މާލެ އައީ މެންދުރު 03:00 ގައެވެ.

ފަންސާސް ފަސް ކިލޯގެ ބައިން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ މުހައްމަދު މޫސާ އެވެ. އަދި ޖޫނިއާ ބައިން އުމުރުން 19 އަހަރުގެ އަހުމަދު މާހިލް ރަން މެޑަލް ހޯދައިދިންއިރު 170 ސެންޓިމީޓަރު ބައިން ރަން މެޑަލް ހޯދި އަޒްނީން ރަޝީދެވެ.

އޭގެ އިތުރުން ލޯ މެޑަލް ލިބުނީ އެތުލެޓިކް ފިޒީކް ބައިން އަހުމަދު ފަޒީލް އާއި 167 ސެންޓިމީޓަރު ބައިން ފަތުހުﷲ މުހައްމަދަށެވެ.

މީގެ ކުރިން، 2017 ވަނަ އަހަރު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުގެ 55 ކިލޯގެ ކެޓަގަރީން ރާއްޖޭގެ އެތުލީޓު ޝާހީން އިބްރާހިމް ދީދީ (ޝާންޓެ) ވެސް ރަން މެޑަލް ހޯދާފައި ވެއެވެ.
ހިޔާލު