Emme gina ee kudhinnah ihumaalu vumaai jinsee goanaage massala
image
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ޖޫން މަހު އެންމެ ގިނައިން ހުށަހެޅީ ކުޑަކުދިންނަށް އިހުމާލުވުމާއި ޖިންސީ ގޯނާގެ މައްސަލަތައް!

މިދިޔަ މަހު ޖެންޑާ މިނިސްޓްރީ އަށް ޖުމްލަ 241 މައްސަލައެއް ހުށަހެޅިއިރު އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އިހުމާލުވުމާއި ޖިންސީ ގޯނާ ކުރިމަތިވުމުގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ އެކި ބާވަތްތަކާއި ގުޅޭ 125 މައްސަލައެއް މިދިޔަ މަހު ހުށަހެޅި އެވެ. އެއީ މިނިސްޓްރީ އަށް މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ 52 އިންސައްތަ އެވެ. އޭގެ ތެރޭގައި އިހުމާލުވުމުގެ 41 މައްސަލައަކާއި ޖިންސީ ހާނީއްކައިގެ 36 މައްސަލައެއް ހިމެނެ އެވެ.

ނަފްސާނީ ހާނީއްކައިގެ 18 މައްސަލައަކާއި ޖިސްމާނީ ހާނީއްކައިގެ 23 މައްސަލައިގެ އިތުރަށް އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ހަ މައްސަލައެއް ވެސް މިދިޔަ މަހު އެ މިނިސްޓްރީ އަށް ހުށަހެޅި އެވެ. އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ އެއް މައްސަލައެއް ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ހައްގުތަކުން ކުޑަކުދިން މަހްރޫމް ކުރުމުގެ އަށް މައްސަލައަކާއި ކުޑަކުދިންނާއި ގުޅޭ އާއިލީ 18 މައްސަލައެއް ވެސް މިދިޔަ މަހު މިނިސްޓްރީ އަށް ހުށަހަޅާފައި ވެއެވެ.

މިދިޔަ މަހު ކުށްކުރި ތިން ކުއްޖެއްގެ މައްސަލައެއް ވެސް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ކުޑަކުދިންގެ އަހުލާގީ 19 މައްސަލައަކާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލައެއް ވެސް ވެއެވެ.

މިދިޔަ މަހު ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިނުލުމާއި އެހީތެރިކަން ބޭނުންވެގެން 17 މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. ހަމައެއާއެކު، އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ 15 މައްސަލައެއް ވެސް މިދިޔަ މަހު މިނިސްޓްރީއަ ށް ރިޕޯޓުކޮށްފައި ވެއެވެ.
ހިޔާލު