Alia ge enme gaaiy ekuveriyaa ves bollywood ah
image
އާލިއާ ބަޓް އޭނާގެ އެންމެ ގާތް އެކުވެރިޔާއާއެކު--
0 ކޮމެންޓް
 

އާލިއާގެ އެންމެ ގާތް އެކުވެރިޔާ ވެސް ބޮލީވުޑަށް

ބޮލީވުޑުގެ ކާމިޔާބު ޒުވާން ބަތަލާ އާލިއާ ބަޓްގެ އެންމެ ގާތް އެކުވެރިޔާ، އަކަންޝާ ރަންޖަން ކަޕޫރު އަންނަ އަހަރު ބޮލީވުޑަށް ނުކުންނަން އުޅޭކަމުގެ އަޑުތައް އަރައިފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި، އަކަންޝާގެ ޝައުގުވެރިކަން ވެސް ހުރީ ފިލްމީ ދާއިރާގައި މަސައްކަތްކުރުމަށެވެ. އެހެންވެ އާލިއާ މިވަނީ އެކަމަށް އެހީތެރިވާން ނިންމާފައެވެ. އަޑުތައް އަރާގޮތުގައި އަކަންޝާ ފިލްމުގެ މަސައްކަތް ފަށާނީ އަންނަ އަހަރެވެ. އެެކަމަކު އޭނާ ފެންނާނީ ކޮން ޑައިރެކްޓަރެއްގެ ކޮން ކަހަލަ ފިލްމަކުންކަން ވެސް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

އަކަންޝާގެ ދައްތަ އަނުޝްކާ ވަނީ 2015 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވެފައެވެ. އެގޮތުން، ވެޑިން ޕުލަވްއިން އެންމެ ފުރަތަމަ ފެނިގެންދިޔަ އަނުޝްކާ ވަނީ މިދިޔަ އަހަރު ނެރުނު، ބައްތީ ގުލް މީޓަރު ޗާލޫ އިން ވެސް ފެނިގެންގޮސްފައެވެ.

View this post on Instagram

“she said WHAT, now?” 🤨

A post shared by 🦋Kanch (@akansharanjankapoor) on


View this post on Instagram

future so bright 🕶

A post shared by 🦋Kanch (@akansharanjankapoor) on


ކަރަން ޖޯހަރު ސްޓޫޑަންޓް އޮފް ދަ އިޔާއިން ބޮލީވުޑަށް ތައާރަފުވި އާލިއާއަކީ މިއަދު ބޮލީވުޑުގައި ނަން ހިނގާ ތަރިއެކެވެ. އޭނާ ވަނީ ގަލީ ބޯއީ އާއި ރާޒީ އަދި ހައިވޭ ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެންގޮސްފައެވެ. އާލިއާގެ ކުރިއަށް އޮތް ފިލްމަކީ އަޔާން މުކަރީޖީ ޑައިރެކްޓްކޮށް އާލިއާ އޭނާގެ ލޯބިވެރިޔާ، ރަންބިރު ކަޕޫރާއެކު ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.
ހިޔާލު