Moosun lafaa kuraa goi beleyne app eh launch koffi
image
ވިއްސާރަ ދުވަހެއް-- ފޮޓޯ: އަވަސް
ފައުޒާ މުހައްމަދު
2 ކޮމެންޓް
 

މޫސުން ލަފާކުރާ ގޮތް ބެލޭނެ އެޕެއް ލޯންޗުކޮށްފި

މޫސުމާ ބެހޭ ކަންތައްތައް ލަފާކޮށް ބެލޭނެ މޮބައިލް އެޕްލިކޭޝަނެއް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން މިއަދު ލޯންޗްކޮށްފި އެވެ.
އެޕް ލޯންޗުކޮށްދެއްވާފައި ވަނީ މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި އެންވަޔަރަަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.

އެޕްލިކޭޝަނުން ލިބޭނެ ބައެއް މައުލޫމާތުތަކުގެ ތެރޭގައި އެ ވަގުތެއްގައި މޫސުން ހުރި ގޮތް ދައްކުވައިދޭ ގިނަ މައުލޫމާތާއި އެ ދުވަހެއްގައި ކުރިޔަށް ހުރި ވަގުތު ތަކުގައި މޫސުން ލަފާ ކުރެވޭ ގޮތް ހާމަކޮށްދޭ މައުލޫމާތާއި ކުރިޔަށް އޮތް ފަސް ދުވަހުގައި މޫސޫމާއި ބެހޭ އޮފީހުން މޫސުން ލަފާ ގޮތުގެ މައުލޫމާތެވެ.

އޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވާ އެ އޮފީހުގެ އޮޓެމެޓިކް ވެދާ ސްޓޭޝަން ތަކުން އެވަގުތެއްގައި ދައްކުވައިވާ މޫސުމީ ޑޭޓާ އާއި މޫސުމާއި ބެހޭ އޮފީހުން ދެމުންދާ މޫސުމީ އެލާޓުތަކުގެ މައުލޫމާތާއި އެންމެ ފަހުގެ ރާޑަރު އަދި ސެޓަލައިޓު ފޮޓޯތަކުގެ އިތުރުން އެންމެ ފަހުގެ ބިން ހެލުމުގެ މައުލޫމާތުތަކާއި އަދި މޫސުމާއި ބެހޭ އޮފީހުން ބޭނުން ކުރަމުންދާ ބަސްމަގުތަކާއި އޭގެ މާނަތަށް ހިމެނެ އެވެ.

އެއެޕަކީ ހަރުދަނާކޮށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އާއްމު ރައްޔިތުންނާ ހަމަހަށް މޫސުމީ މައުލޫމާތު ގެނެސްދިނުމަށްޓަކައި އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މެޓް އޮފީހުން ތައްޔާރުކުރި އެޕެކެވެެ.
ހިޔާލު

މޫސުން

ކުރިންވެސް މިނަމު ކޮމެންޓް ކޮށްފިން.. އޭރު ނޭނގޭ "މޫސުން" ކަމެއް އެޕަށް ކިޔަނީ.
ކިހިނެއް ހަދާނީ ގައިމު!!!

މޫސުން

އެޕް ޑައުންލޯޑް ކުރެވޭތަ؟ އެޕުގެ ފޮޓޯގަނޑެއް ނަމަވެސް ޖަހާލިނަމަ!