Kanfaiy beeruvi mahsalaigai badhaluge gothugai 7 million rufiyaa dheyn hukum kohfi
image
ބޭހުގެ ސަބަބުން ކަންފަތުގެ އިވުން ގެއްލުނު ކުއްޖާ އާއި އޭނާގެ ބައްޕަ-- ފޮޓޯ: އަވަސް
1 ކޮމެންޓް
 

ކަންފަތް ބީރުވި މައްސަލައިގައި ހަތް މިލިއަން ރުފިޔާ ދޭން ހުކުމްކޮށްފި

ކުއްޖަކަށް ހޮސްޕިޓަލުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ކަންފަތުގެ އިވުން ގެއްލުނު މައްސަލައިގައި ޑޮކްޓަރުން އިހުމާލުވި ކަމަށް ސާބިތުވެ، ބަދަލުގެ ގޮތުގައި ހަތް މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސްޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެކަމެއް ހިނގާފައި ވަނީ 2007 ވަނަ އަހަރު އެވެ. އެގޮތުން ގދ. ތިނަދޫ ހޮސްޕިޓަލަށް ހުން އައިސްގެން ގެންދިޔަ ތިން އަހަރުގެ ކުއްޖަކަށް ހޮސްޕިޓަލުން ދިން ޖެންޓަމައިސިންގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ވަނީ ދާއިމީކޮށް ގެއްލިފަ އެވެ.

އެ މައްސަލަ ދައުލަތާ ދެކޮޅަށް ހުށަހެޅީ ކުއްޖާގެ ބައްޕައެވެ. އެގޮތުން ދަށު ކޯޓާއި ހައި ކޯޓުން ވަނީ ޑޮކްޓަރުންގެ އިހުމާލެއް ނެތް ކަމަށް ހުކުމްކޮށްފަ އެވެ. އެކަމަކު އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާގައި ސުޕްރީމް ކޯޓުން މިވަނީ 7.1 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ދައުލަތުގެ މައްޗަށް ހުކުމްކޮށްފަ އެވެ.

ތިން ފަނޑިޔާރުންގެ ބެންޗަކުން އެމައްސަލަ ބެއްލެވިއިރު އެމައްސަލާގެ ރިޔާސަތުގައި އިންނެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

އެ އަޑުއެހުމުގައި ބައިވެރިވި ބައެއް ނޫސްތަކުން ބުނާ ގޮތުގައި، ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު ވަނީ ބަލަންވާ މިންވަރަށް ނުބަލައި، އެ ބޭސް ދީފި ނަމަ އޭގެ ނުރައްކާ ކުރިމަތިވެދާނެކަން އެކްސްޕާޓް ޑޮކްޓަރުންގެ ބަހުން އެނގޭ ކަމަށާއި އެ ކުއްޖާއަށް ބޭސް ދިން އިރު ޑޮކްޓަރުން އެ ބޭހާއި ގުޅޭ ގޮތުން ކުއްޖާގެ ބެލެނިވެރިޔާ އަށް ވެސް މައުލޫމާތު ނުދޭކަން ސާބިތުވާ ކަމަށް ވިދާޅުވެފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން އެ މައްސަލާގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
ހިޔާލު

ރައްޔިތުން

ވަރަށް ބޮޑު ކުރި އެރުމެއް. ޝުކުރިއްޔާ- އެ މައުޞޫމް ދަރިފުޅަށް ހެޔޮ މެދުވެރިކުރައްވާށިއެވެ. އެދަރިފުޅާމެދު އަޅާލައްވާ ހުރިހާ މީހުންވެސް