Postun genai masthuvaa thakethi athulai ganefi
image
ޕޯސްޓުގެ ޒަރިއްޔާ އިން ރާއްޖެ އެތެރެ ކުރަން އުޅުނު 76 ގްރާމުގެ މަސްތުވާތަކެތި--
0 ކޮމެންޓް
 

ޕޯސްޓުން ގެނައި 76 ގްރާމުގެ މަސްތުވާތަކެތި އަތުލައިގަނެފި

ޕޯސްޓުގެ ޒަރިއްޔާ އިން ރާއްޖެ އެތެރެ ކުރަން އުޅުނު 76 ގްރާމުގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
އަތުލައިގަނެފައި ވަނީ އިނގިރޭސިވިލާތުން ގެނައި 66 ގްރާމް ހިއްކާފައި ހުރި ކެނެބިސް ފަތާއި، ސްވިޓްޒަލޭންޑުން ގެނައި 10 ގްރާމްގެ އެމްޑީއެމްއޭ ނުވަތަ އެކްސްޓަސީ ކްރިސްޓަލް ކޮޅެވެ.

އެ ތަކެތި އަތުލައިގަތީ ދެ ފަހަރެއްގެ މަތިން ޖުލައި 24 ގައި ޕާރުސަލުތައް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

އެ މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ. އެކަމުގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ. ޕޯސްޓުން މަސްތުވާތަކެތި ގެނައުމުގެ މައްސަލަތައް މިހާރު ވަރަށް ގިނަ އެވެ.
ހިޔާލު