Hanaanu ge candidacy baathil koffi
image
ބާކައުންސިލްގެ ބައެއް މެމްބަރުން
ސީއެންއެމް
0 ކޮމެންޓް
 

ހަންނާނުގެ ކެންޑިޑެސީ ބާތިލްކޮށްފި

ޤާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީއަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގައި، ވާދަކުރެއްވުމަށް އެކޮމިޝަނުގެ މިހާރުގެ މެމްބަރު އަބްދުލް ހަންނާނު ހުށަހެޅުއްވި ފޯމު ދިވެޖިރާއްޖޭގެ ބާ ކައުންސިލުން ބާތިލްކޮށްފި އެވެ.
ހަންނާނުގެ ކެންޑިޑެސީ ކުރިން ބަލައިގަތުމަށްފަހު އަލުން ލިއުންތައް ބަލައި ކެންޑިޑެސީ ބާތިލްކޮށްފައިވަނީ ޤާނޫނު އަސާސީގެ 161 ވަނަ މާއްދާގެ (ހ) އިން އޭނާއަށް އިތުރު ދައުރަކަށް ޖޭއެސްސީގެ މެމްބަރު ކަމަށް ހުރުމަށް ހުރަސްއެޅޭތީކަމަށް ބާކައުންސިލުން ބުނެއެވެ.

އަންނަ ހަފްތާގެ ހޮނިހިރު ދުވަބު ބޭއްވުމަށް ހަމަޖެހިފައިވާ ބާކައުންސިލްގެ އިންތިހާބުގައި ހަ ފަރާތަކުން ވާދަކުރައްވައެވެ. އަދި ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަމްބަރުވެސް މިހާރުވަނީ ތަރުތީބު ކުރެވިފައެވެ.

ބާކައުންސިލުން ބުނީ ހަންނާނުގެ ކެންޑިޑެސީ ބާތިލްކުރި ނަމަވެސް މިހާރު ތިއްބެތި ކެންޑިޑޭޓުންގެ ކެނޑިޑޭޓް ނަމްބަރަް ބަދަލު ނާންނާނެ ކަމުގައެވެ.

ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބު ބާކައުންސިލުން ބާއްވަނީ އިކެލްޝަންސް ކޮމިޝަނާއި ހަވާލުކޮށްގެން ނެވެ.
ހިޔާލު