Salman ge kokko Arpita inee dhevana dhariakah balive
image
ސަލްމާން ހާނު، އަރްޕިތާ އާއި އާޔޫޝް އާއެކު--
1 ކޮމެންޓް
 

ސަލްމާންގެ ކޮއްކޮ އަރްޕިތާ އިނީ ދެވަނަ ދަރިއަކަށް ބަލިވެ

ބޮލީވުޑުގެ މަޝްހޫރު ބަތަލު ސަލްމާން ހާނުގެ ކޮއްކޮ، އަރްޕިތާ ހާނު ދެވަނަ ދަރިއަށް ބަލިވެ އިނދެފައިވާ ކަމަށް ނޫސްތަކުން ބުނެފި އެވެ.
އުމުރުން 29 އަހަރުގެ އަރްޕިތާ އާއި 28 އަހަރުގެ އާޔޫޝް ޝަރްމާ، ކައިވެނި ކުރީ 2014 ވަނަ އަހަރެވެ. އެމީހުންގެ ކައިވެންޏަށް މިހާރު ތިން އަހަރުގެ ފިރިހެން ކުއްޖަކު ލިބިފައި ވާއިރު އަނެއްކާ ވެސް އެމީހުންނަށް ދަރިއަކު ލިބެން އުޅޭ ކަމުގެ އަޑުތައް މިވަނީ އަރާފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި، އެކަން ކަށަވަރު ކުރުމަށް މުމްބާއީގެ ބާންޑްރާގެ ޑޮކްޓަރަށް އަރްޕިތާ އަންނަނީ ދައްކަމުންނެވެ. އެކަމަކު، އެއާއިލާއިން އަދި އެކަން ކަށަވަރުކޮށެއް ނުދެއެވެ.
ސަލްމާން ހާނަކީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ މީހެއްގެ ގޮތުގައި ފާހަގަކުރެވިފައި ވާއިރު އަރްޕިތާ އާއި އާޔޫޝްގެ ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅާއެކު ވެސް ވަގުތު ހޭދަކުރުމަށް އޭނާ ވަރަށް ލޯބިކުރެއެވެ. އެގޮތުން މިހާތަނަށް ކައިވެންޏެއް ކޮށްފައި ނުވާ ސަލްމާން އަންނަނީ ހުސް ވަގުތެއް ލިބިއްޖެނަމަ އެކުއްޖާއާއެކު ވަގުތުތައް ހޭދަކުރަމުންނެވެ.

އަރްޕިތާއަކީ، ސަލްމާން ހާނުގެ މައިންބަފައިން އެޑޮޕްޓް ކުރި ކުއްޖެކެވެ. އޭގެ ފަހުން އެ އާއިލާއާއެކު އަރްޕިތާ ދިރިއުޅެމުން އަންނައިރު ސަލްމާން ހާނުގެ އެއްބަނޑު އެއްބަފައި އެންމެން ވެސް ދެކެމުން އަންނަނީ އަރްޕިތާއަކީ އާއިލާ މެމްބަރެއްގެ ގޮތުގަ އެވެ.

އަރްޕިތާއާ އަޔޫޝް ކައިވެނި ކުރުމާއެކު ސަލްމާން ވަނީ ދާދި ފަހުން އަޔޫޝް ބޮލީވުޑަށް ވެސް ތައާރަފުކޮށްދީފަ އެވެ.
ހިޔާލު

ކަމާލް

ކޮން ލައިފް ސްޓޯރީ އެއް ޝެއާރ ކުރަންތަ؟ ފިރިހެން މީހާ ރުފިޔާގެ ދަހިވެތި ކަމުގަ ކޮށްފައިވާ ކައިވެންޔެއް... ވަރަށް ނުގޫޅޭ ޖޯޑެއް...