Imthihaanun emme point eh madhuvee social media ge sababun kamah bunefi
image
ހަންސިކާ ޝުކްލާ--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އިމްތިހާނުން އެންމެ ޕޮއިންޓެއް މަދުވީ ސޯޝަލް މީޑިއާގެ ސަބަބުން ކަމަށް ބުނެފި

އިންޑިއާ އަށް އުފަން ހަންސިކާ ޝުކްލާ އަކީ ގްރޭޑް 12 ގެ އެންމެ ފަހު އިމްތިހާން ހަދަމުން ދިޔަ ކުއްޖެކެވެ.
އޭނާ ވަނީ 500 އިން ނެގި އިމްތިހާނުން 499 މާކްސް ހޯދާފަ އެވެ.

ހިންދީ، ސައިކޮލޮޖީ، ހިިސްޓްރީ، މިއުޒިކް މި ހަތަރު މާއްދާއިން ފުރިހަމަ މާކްސް ހޯދިއިރު އެންމެ މާކްސް އެއް މަދުވީ އިނގިރޭސި މި މާއްދާއިންނެވެ.

އިނގިރޭސި މާއްދާއިން އެންމެ މާކްސް އެއް މަދުވުމުން އޭނާ ބުނީ ޓެސްޓު ދުވަސްވަރުގައި ސޯޝަލް މީޑިއާ ބޭނުންނުކޮށް އުޅުނު ނަމަ އެ މާކްސް މަދު ނުވާނެ ކަމަށެވެ.

"ކިޔެވުމަށް އެއަށްވުރެ ބޮޑަށް ސަމާލުކަންދީ މީސްމީޑިއާގައި ޗެޓްނުކޮށް އުޅުނު ނަމަ އެ މާކްސް މަދެއް ނުވާނެ،" ރިޕޯޓަރުންނާއި ވާހަކަ ދައްކަމުން ހަންސިކާ ބުންޏެވެ.

ފުރިހަމަ ކާމިޔާބީ އެއް ލިބުނު ކަމުގައި ވިޔަސް އިނގިރޭސިން އެއް މާކްސް މަދުވީމަ މިހާރު އެކަމާ ހިތާމަ ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
މީހުން އިންޑިއާ
ހިޔާލު