JSC ah vakeelaku inthihaabu kurumah baavvaa inthihaabu fashaifi
image
ބާ ކައުންސިލުގެ ވޯޓު ގުނުމުގެ ތެރެއިން--
0 ކޮމެންޓް
 

ޖޭއެސްސީ އަށް ވަކީލަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ފަށައިފި

ޖުޑީޝަލް ސާވިސް ކޮމިޝަންގައި ވަކީލުންގެ ފަރާތުން ކަނޑައަޅާ މެމްބަރުގެ މަގާމަށް ބޭފުޅަކު ހޮވަން ބާއްވާ އިންތިހާބު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފި އެވެ.
އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ޖޭއެސްސީ އަށް ގާނޫނީ ވަކީލުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު މާލޭ ސިޓީގެ އެއް ނަމްބަރު ފޮށީގެ ވޯޓުލުން ފެށިފައި ވަނީ 9:20 ގައި ކަމަށެވެ.

މީގެ 50 އަކަށް މިނެޓު ކުރިން ކުރި އެ ޓްވީޓުގައި އީސީން ވަނީ މާލޭ ސިޓީގެ ދެ ނަމްބަރު އަދި އައްޑޫ ސިޓީގެ އެއް ނަމްބަރު ފޮށީގެ ވޯޓު ނެގުން، ވޯޓުލާން މީހަކު ހާޒިރު ނުވާތީ ނުފެށޭ ކަމަށް ބުނެފަ އެވެ.

އެ އިންތިހާބު ވޯޓުލުން މިއަދު ހަވީރު 05:00 ގެ ނިޔަލަށް މާލެ އާއި އައްޑޫ ސިޓީގައި ކުރިއަށް ދާނެ އެވެ.

ބާ ކައުންސިލް އުފެއްދި، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫގައިވާ ގޮތުން ވަކީލުންގެ ފަރާތުން ޖޭއެސްސީ އަށް މެމްބަރަކު ހޮވުމުގެ އިންތިހާބު ބާއްވަން ޖެހެނީ ބާ ކައުންސިލުންނެވެ. އެކަމަކު ބޭނުންވާ ވަސީލަތްތައް އަދި ލިބިފައި ނުވާތީ އިންތިހާބު ބާއްވަނީ އީސީގެ ވެސް އެހީއާއެކުއެވެ.
ހިޔާލު