IOIG 2023 vana aharu Raajjeyga beyvumah hama jehijje
image
ޔޫތު މިނިސްޓަރު އަހުމަދް މަހުލޫފު--
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

އައިއޯއައިޖީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 11 ވަނަ އައިއޯއައިޖީ ބާއްވަން ރާއްޖެ ހޮވިފައިވާ ކަމަށް މިއަދު ކުރި ޓްވީޓެއްގައި އިއުލާނު ކުރައްވާފަ އެވެ.

މީގެ ކުރިން ބޭއްވި 10 އައިއޯއައިޖީ ގައި ވެސް ރާއްޖެ ބައިވެރިވެފައިވާ ކަމަށާއި އެ ގައުމުތަކުން ދިވެހީންނަށް ދިން މެހެމާންދަރީ އަނބުރާ އެ ގައުމުތަކަށް ރާއްޖެއިން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު އެކި ގައުމުތަކަށް ދަތުރު ކުރެއްވި އެވެ.

ރާއްޖޭގެ އިތުރުން ކޮމޮރޮސް އާއި މަޑަގަސްކާ ވެސް ވަނީ އައިއޯއައިޖީ ބާއްވަން ބިޑް ހުށަހަޅާފަ އެވެ. މިއަހަރު މޮރިޝަސްގައި ކުރިއަށްދާ އައިއޯއައިޖީގައި ރާއްޖޭގެ އެތުލީޓުން ވަނީ ފަހުރުވެރި ކާމިޔާބީތަކެއް ހޯދާފަ އެވެ.
ހިޔާލު

ވިލްޔޫ

އައިއޯއައިޖީ 2023 ގައި ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިއްޖެ ނަމަ އެއީ އެންމެހާ ދިވެހިރައްޔިތުން ވެސް އުފާ ކުރަން ޖެހޭނެ ކަމެކޭ ތިޔާ ކަމަށް ޚަރަދު ކުރުން އެއީ މައްސަލަ އެއް ނޫނޭ އެކަމަށް ކުރާ ޚަރަދު ރިޓާންވާނެއޭ ތިޔާ މުބާރާތުގެ މާލެ ސަރަހައްދުގައި ބޭއްވިއްޔާ ދެން ބާކީ އޮތް %5 ބާއްވާނީ ދަރާއްޖެތެރޭގައޭ އޫއްއޫއް އޫއް ހޯލްޑް މީ ލައިކް ޔުއަރ އޯން ޗައިލްޑް ކެއަރިންގް މީ ލައިކް ޔޫއާރ މައި ބްރަދާރ ލަވް މީ ލައިކް އަ މާރދަރ ވިލް ޔޫ ބީ ދެއަރ....