Dhiraaguge gina hidhumaiy thah hoadhumuga mihaaru massala eh dhimaa nuvaane
image
ދިރާގު ހެޑް އޮފީސް--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދިރާގުގެ ގިނަ ހިދުމަތްތައް ހޯދުމުގައި މިހާރު މައްސަލައެއް ދިމާ ނުވާނެ

ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވުމާއެކު ގިނަ ހިދުމަތްތައް ކުރިއެކޭ އެއް ގޮތަށް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.
މިދިޔަ ހަފްތާގެ ދިރާގު މޮބައިލް ކަސްޓަމަރުންނަށް ވަނީ ބައެއް ހިދުމަތްތައް ހޯދުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކާއި ކުރިމަތިވެފަ އެވެ. ދިރާގުން ބުނީ އެކަން ދިމާވީ އަޕްގްރޭޑް މަސައްކަތް ކުރިޔަށް ދާތީ ކަމަށެވެ.

ދިރާގުން ބުނި ގޮތުގައި އަޕްގްރޭޑް މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވޭ ތަފާތު މަރުހަލާތަކަށް ބެހިގެންދާ މަސައްކަތެކެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

އަޕްގްރޭޑްގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުން ބޭނުންކުރާ ޚިދުމަތްތަކުގެ ތަޖްރިބާ ރަނގަޅުކުރުން ކަމަށް ދިރާގުން ބުނެފައި ވެއެވެ.

ދިރާގުން ވަނީ މި މަސައްކަތާއި ގުޅިގެން ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށް ނިހާޔަތަށް މައާފަށް އެދި ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ކެތްތެރިކަމަށް ޝުކުރު އަދާ ކޮށްފަ އެވެ.
ދިރާގު
ހިޔާލު