#Libaassabbees aa eku dhiveheenge aadhakaadha dhiruvaifi!
image
އަންހެން ކަނބަލުން ދިވެހި ލިބާހުގައި--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ލިބާސްސައްބީހާއެކު ދިވެހީންގެ އާދަކާދަ ދިރުވައިފި!

ދުވަސްތައް މާޒީއާ އެކުވަމުންދާ ވަރަަކަށް ދިވެހިންގެ އާދަކާދަތަކާއި ސަޤާފަތްތައް ދަނީ ފަނޑުވަމުންނެވެ. އެގޮތުން ދިވެހިން ކުރިން ލައި އުޅުނު ސަޤާފީ ހެދުން ލައި އުޅުނު ޒަމާން ވެސް ވަނީ ނެތިގޮސްފަ އެވެ.
އެގޮތުން އިހު ޒަމާނުގައި ދިވެހި އަންހެންވެރިން ލައި އުޅުނު ދިވެހި ލިބާހަކީ ފާހަގަކޮށްލެވޭ ޗާލު ނަލަ ހެދުމެކެވެ.

ނަމަވެސް ދިވެހި ކަސަބުން ޖަރީ ކޮށްފައިވާ މި ދިވެހި ލިބާސް މިއަދު ދިވެހީންގެ ތެރޭގައި ހަމައެކަނި ލައި އުޅެނީ ކޮންމެވެސް މުނާސަބަތަކާއި ގުޅިގެންނެވެ. އެހެން ނޫން ނަމަ ކޮންމެވެސް ހާއްސަ ހަފްލާއަކަށް ދާން ވުމުންނެވެ.

މިނިވަން ދުވަހާ ގުޅިގެން #ލިބާސްސައްބީސްގެ ނަމުގައި ޓުވިޓާގައި ޓްރެންޑު ވަމުންދާ ހަރަކާތާއެކު ދިވެހީންގެ ލިބާހުގެ ސަޤާފަތް އަލުން ދިރުވިގެން ދިޔަ ކަހަލަ އެވެ.

ޓްވިޓާ ކޮމިއުނިޓީ ގައި ދިވެހި އަންހެނުންގެ މެދުގައި މި ހަރަކާތުގެ މަގްބޫލުކަން ބޮޑުއިރު، ދިވެހިންގެ އެކުވެރި ރާއްޖެއިން ބޭރުގެ މީހުން ވެސް ވަނީ އެ ހަރަކާތުގައި ބައިވެރިވެފަ އެވެ. ލިބާހުގައި ކުޑަ އިރުގެ ފޮޓޯތަކާއި މާމަމެންނާއި މުނި މާމައިންގެ ފޮޓޯތައް ވެސް ދަނީ ޓްވިޓާގައި ދައުރުވަމުންނެވެ.

އިހު ޒަމާނުގެ އާއިލީ ފޮޓޯތަކާއި، މިހާރުގެ ފޮޓޯތަކުން ވެސް ފެނިގެން ދަނީ ދިވެހި ރީތި ލިބާހެވެ. މި ފޯރީގައި ބައިވެރިވަމުން ދިޔައީ ހަމައެކަނި އަންހެނުންނެއް ވެސް ނޫނެވެ.

ދިވެހި މުންޑުގައި ފޮށަޔާއެކު ފިރިހެންވެރިން ވެސް ވަނީ އެ ހަރަކާތުގައި ބައިވެރިވެފަ އެވެ. #ލިބާސްސައްބީސްގެ ޖޯޝުގައި ފިރިހެނުން ވެސް ޖެހި ފޭއްޔާއި މުންޑު އަނދެގެން ފޮޓޯތައް ދިޔައީ ހިއްސާ ކުރަމުންނެވެ.

މި ހަރަކާތް މިހާ ހިސާބުން ނިމުނީ ކަމަކަށް ނުބެލެވެ އެވެ.

#ލިބާސްއީދުގެ ނަމުގައި އީދުގެ މުނާސަބަތުގައި ވެސް މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ތައްޔާރުވަމުންދާ ކަމަށް މި ހަރަކާތް ފެށި ޒުވާނާ ޓްވިޓާގައި ވަނީ ބުނެފަ އެވެ.
ހިޔާލު