Miadhu Haveeru Enginelee Ulhandhu dhuhvun manaa gadiah badhalu genesfi
image
މާލޭގެ މަގެއް-- ފޮޓޯ: ދުވަސް
0 ކޮމެންޓް
 

މިއަދު ހަވީރު އިންޖީނުލީ އުޅަނދު ދުއްވުން މަނާ ގަޑިއަށް ބަދަލު ގެނެސްފި

ރާއްޖޭގެ 54 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު މާލޭގައި ހިންގާ ހަރަކާތްތަކާއި ގުޅިގެން މާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިއަށް ބަދަލުތަކެއް ގެނެސްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި ވަނީ ހަވީރު 16:00 އިން 18:00 އަށް ކަމަށެވެ. އެކަމަކު ކުރިން ނިންމާފައި އޮތީ 15:30 އިން 18:30 އަށް އުޅަނދު ފަހަރު ދުއްވުން މަނާކުރާ ގޮތަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނި ގޮތުގައި އެ ވަގުތުތަކުގައި ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު ފަހަރާއި އެމްބިއުލެންސް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ އުޅަނދުތަކާއި ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުން ގެންދާ ބަހުގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ އެވެ.

ހުއްދަ ދެވިފައިވާ އުޅަނދުތައް ފިޔަވައި އިތުރު އިންޖީނުލީ އުޅަނދެއް ދުއްވުމަކީ މަނާ ކަމެކެވެ. އެގޮތުން އެންގުމާއި ހިލާފުވާ ފަރާތްތަކަށް ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އިއުލާނުގައި ބުނެ އެވެ.
ހިޔާލު