Sophie aai Joe ge kuhtha car accident ehgai maruvejje
image
ސޯފީ އާއި ޖޯއީ އަދި އެމީހުން ގެންގުޅޭ ކުއްތާ--
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ސޯފީ އާއި ޖޯއީގެ ކުއްތާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

ހޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސޯފީ ޓާނާ އާއި އޭނާގެ ފިރިމީހާ، ލަވަކިޔުންތެރިޔާ ޖޯއީ ޖޯނަސްގެ ގެންގުޅޭ ކުއްތާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ ކުއްތާ މަރުވެފައި ވަނީ މިދިޔަ ބުދަ ދުވަހު ނިއުޔޯކުގަ އެވެ.

View this post on Instagram

Nap game strong.

A post shared by J O E J O N A S (@joejonas) on



އުމުރުން 29 އަހަރުގެ ޖޯއީ އާއި 22 އަހަރުގެ ސޯފީ އެންގޭޖުވުމަށް ފަހު އެންމެ ފުރަތަމަ ޗުއްޓީއެއް ހޭދަކޮށްލުމަށް އައިސްފައި ވަނީ ވެސް ރާއްޖެ އަށެވެ. އެ ދެމީހުން ތަފާތު އެކި ސަގާފަތާ އެއް ގޮތަށް ކައިވެނިކޮށްފައި ވާއިރު އެންމެ ފަހުން އެފަދަ ހަފުލާއެއް އޮތީ މިދިޔަ މަހު ގެ 29 ވަނަ ދުވަހު އެވެ.

ހޮލީވުޑުގައި މަސައްކަތް ކުރާ ސޯފީ، ގިނަ ބައެއްގެ މެދުގައި މަގްބޫލުވެފައި ވަނީ ގޭމް އޮފް ތްރޯންސްގައި ސަންސާ ސްޓާކްގެ ބައި ކުޅުމުންނެވެ. ޖޯއީ އަކީ އެމެރިކާގެ މިއުޒިކް ބޭންޑެއް ކަމަށްވާ ޑީއެންސީއީގެ ލީޑް ލަވަކިއުންތެރިޔާ އެވެ. އަދި އޭނާ ވަނީ "ހަނަ މޮންޓާނާ" ފިލްމުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

އޭގެ އިތުރުން ޖޯއީ ވަނީ އޭނާގެ ބޭބެމެންނާއެކު "ޖޯނަސް ބްރަދާސް" ގެ ނަމުގައި މިއުޒިކް ބޭންޑެއް އުފައްދާފަ އެވެ. އެކަމަކު 2013 ވަނަ އަހަރު އެ ބޭންޑު ރޫޅުނު އިރު މި އަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ އެ ބޭންޑް އެނބުރި އައިސްފަ އެވެ.
ޖޯއީ ޖޯނަސް
ހިޔާލު

ވީމަމެން

ދޮންފަނު އާދަނު އާއި ދޮންހައްވަ ގެންގުޅުނުބުޅާ ކުއްލިގޮތަކަށް މަރުވެއްޖެ.