Priyanka cigarette boa mahsalaigai Parineeti ehcheh bunan beynumeh nuvi
image
ޕަރީނިތީ އަދި ޕްރިޔަންކާ އާއި އޭނާގެ ފިރިމީހާ--
1 ކޮމެންޓް
 

ޕްރިޔަންކާ ސިނގިރޭޓު ބޯ މައްސަލާގައި ޕަރީނިތީ އެއްޗެއް ބުނަން ބޭނުމެއް ނުވި

ބޮލީވުޑުގެ ބަތަލާ، ޕަރީނިތީ ޗޯޕްރާގެ ކުރިއަށް އޮތް ފިލްމު، ޖަބަރިޔާ ޖޯޅީގެ ޕްރޮމޯޝަނުގެ ތެރެއިން އޭނާއަށް މިވަނީ އޭނާގެ ދެބެއިންގެ ދެދަރި، އަދި މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާއާ ގުޅިގެން ސުވާލެއް ކުރިމަތިވެފަ އެވެ. ޕްރިޔަންކާގެ އުފަން ދުވަސް މަޔާމީގެ ޔޮޓެއްގައި ފާހަގަކުރިއިރު ޔޮޓުގެ ތެރޭގައި ފިރިމީހާ، ނިކް ޖޯނަސް އާއި އޭނާގެ މަންމަ، މަދޫއާއެކު ސިނގިރޭޓް ބޯން އިން މަންޒަރު ފެންނަ ފޮޓޯއެއް ވަނީ އާންމުވެފަ އެވެ.
އެކަމާއި ގުޅިގެން ޕަރީނިތީ ދެކޭ ގޮތަކީ ކޮބާތޯ ސުވާލުކުރުމުން އޭނާ ވަނީ އެ ސުވާލަށް ޖަވާބު ދިނުމުގެ އެއްވެސް ހައްގެއް އޭނާއަށް ލިބިފައި ނުވާ ކަމަށާއި އެހެންކަމުން އެ ސުވާލަށް ޖަވާބު ނުދޭނެ ކަމަށް ބުނެފަ އެވެ.

އުމުރުން 37 އަހަރުގެ ޕްރިޔަންކާ، ސިނގިރޭޓް ބޯ ފޮޓޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވީ އޭނާއަކީ ނޭވާ ހިއްލާ މީހެއް ކަމަށް މީޑިއާތަކުގައި ބުނެފައިވުމުގެ އިތުރުން ދިވާލީގައި ބަޑިބޭސް ފަދަ ތަކެތި ބޭނުން ކުރުމާއި ދެކޮޅަށް އޭނާ ވަކާލާތު ކޮށްފައިވާތީ އެވެ.

އެކަމަށް ފާޑުކިޔައި މީހަކު ޓްވީޓާގައި ބުނީ، ދިވާލީއަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗެއް ކަމަށާއި އެކަމަކު ސިނގިރޭޓް ބުއިމަކީ އެފަދަ ސިއްހީ މައްސަލައެއް ކުރިމަތިވާ ކަމެއް ނޫން ކަމަށެވެ. އަދި ނޭވާ ހިއްލުން ކުރިމަތިވަނީ ދިވާލީގެ ސަބަބުން ކަމަށާއި ސިނގިރޭޓް ބުއިމުން ނޫން ކަމަށެވެ. ޕްރިޔަންކާއަށް ޖެއްސުމަށް އެމީހާ އެހެން ބުނިއިރު ބައެއް މީހުން ވަނީ ޕްރިޔަންކާ އުޅޭނެ ގޮތް އެނގޭނީ އޭނާއަށް ކަމަށް ވެސް ބުނެފަ އެވެ.

ބޮލީވުޑުގައި މަސައްކަތް ނުކުރާތާ އަހަރުތަކަކަށް ފަހު ޕްރިޔަންކާ މިއަހަރު ބޮލީވުޑު ފިލްމަކުން ފެންނާނެ އެވެ. އެއީ ސޮނާލީ ބޯސް ޑައިރެކްޓް ކުރާ "ދަ ސްކައި އިޒް ޕިންކް" އިންނެވެ. ޕްރިޔަންކާ އެ ފިލްމުގައި ފެންނާނީ ޒައިރާ ވަސީމް އާއި ފަރްހާން އަކްތަރާއެކު އެވެ. ފިލްމު ނެރޭނީ އަންނަ އޮކްޓޫބަރު މަހުގެ 11 ގައެވެ.
ހިޔާލު

ސިނގިރޭޓް

ސީއެންއެމުން މިހާރު ސިނގިރޭޓް ޕްރޮމޯޓްކުރަނީތަ؟ މަޝްހޫރު ފަންނާނަކު ސިނގިރޭޓް ބޯ މަންޒަރު، އާންމުކުރުމަކީ އެކަން ޕްރޮމޯޓްކުރުން، ސިނގިރޭޓް ޕްރޮމޯޓް ކުރުމަކީ ގާނޫނީ ކުށެއް.