Shah aai Gauri anekka ves ishthihaarakun
image
ގޯރީ އާއި ޝާހު--
0 ކޮމެންޓް
 

ޝާހު އާއި ގޯރީ އަނެއްކާ ވެސް އިޝްތިހާރަކުން

ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ޝާހު ރުކް ހާނާއި އޭނާގެ އަންހެނުން ގޯރީ ހާން ދެން ފެނިގެން ދާނީ އިޝްތިހާރަކުންނެވެ.
ޝާހު އާއި ގޯރީ ފެނިގެންދާ އެ އިޝްތިހާރަކީ ފަރުނީޗަރު ބްރޭންޑެއްގެ އިޝްތިހާރެއް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. އެ އިޝްތިހާރު ޑައިރެކްޓުކޮށްފައި ވަނީ ޕުނިތު މަލްހޯތުރާ އެވެ.

އެ އިޝްތިހާރު ބެލުންތެރިންނާ ހަމައަށް އަންނާނީ ކޮން އިރަކުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ޝާހު އާއި ގޯރީ ވަނީ މީގެ ކުރިން ގިނަ އިޝްތިހާރުތަކުން ފެނިގެންގޮސްފަ އެވެ.

ޝާހު އާއި ގޯރީ ކައިވެނިކޮށްފައި ވަނީ 1991 ގައެވެ. އެ ދެމީހުންގެ ތިން ދަރިން ތިބެ އެވެ. އެއީ 21 އަހަރުގެ އާރިޔަން އާއި 18 އަހަރުގެ ސުހާނާ އަދި ފަސް އަހަރުގެ އަބްރަމް އެވެ. އެ އާއިލާ އަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ އަދި ނަމޫނާ އާއިލާއެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ހިޔާލު