Sunfront bikes ge aa showroom eh hulhuvaifi
image
ސަންފްރަންޓް އާ ޝޯރޫމް-- ފޮޓޯ: ސަންފްރަންޓް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ސަންފްރަންޓް ބައިކްސްގެ އާ ޝޯރޫމެއް ހުޅުވައިފި

ސަންފްރަންޓް ބައިކްސްގެ އާ ޝޯރޫމެއް މާލޭގައި ހުޅުވައިފި އެވެ.
އިއްޔެ ސަންފްރަންޓުން ހުޅުވި އާ ޝޯރޫމް ހުންނާނީ ކުރީގެ ސްޓާ ސިނަމާ ކުރިމައްޗަށެވެ. މިނިވަން ދުވަހާއި، އާ ޝޯރޫމް ހުޅުވުމާ ގުޅުވައިގެން ސަންފްރަންޓުން އިއްޔެ ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފަ އެވެ.

ގިނަ އަދަދެއްގެ ކުދިން ބައިވެރިވި ކުޑަކުދިންގެ ހަވީރުގައި ކުލަ ޖެއްސުމާއި، ކުރެހުމާއި، ފޭސް ޕެއިންޓިންގެ އިތުރުން ބައިސްކަލް ދުއްވުމުގެ ފުރުސަތުތައް ސަންފްރަންޓުން ވަނީ ހަމަޖައްސައިދީފަ އެވެ.

ސަންފްރަންޓް ބައިކްސް އިން ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ އެކި ބްރޭންޑްތަކުގެ ބައިސްކަލް ލިބެން ހުންނާނެ އެވެ. އަދި ތިމާވައްޓާ ރައްޓެހި ބެޓެރި ސައިކަލާއި ތުއްތު ކުދިންގެ ސްޓްރޯލާތައް ފަދަ ސާމަނު ވެސް އެ ފިހާރަ އިން ލިބެން ހުންނާނެ އެވެ.

އޭގެ އިތުރުން އެ ފިހާރައިން ބައިސްކަލްގެ ހުރިހާ ސްޕެއާ އެއް ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެ އެވެ.
ހިޔާލު