Yaameen ge shareeaiy kuriyah gendhan jeheynee fandiyaarunge bench akun: Idhikolhu
image
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --
1 ކޮމެންޓް
 

ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދަން ޖެހޭނީ ފަނޑިޔާރުންގެ ބެންޗަކުން: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް އެންމެ ގާޒީއަކު އިންނަވައިގެން ބެއްލެވުކީ އިންސާފަށް ހުރަސް އެޅިގެންދާ ކަމެއް ކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމް އާއި ޕީއެންސީން ގުޅިގެން މިއަދު މެންދުރު ފަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމިންގެ މައްސަލަ އެންމެ ފަނޑިޔާރަކު ބައްލަވާކަމީ އެ ކޯލިޝަނުގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ މައްސަލަ ފަނޑިޔާރުންގެ ބެންޗަކުން ބެއްލެއްވުމަށް ސައީދު ވަނީ ޕްރޮގްރެސިވް ކޯލިއެ މައްސަލަ ބެއްލެވުމަށް ގޮވާލައްވާ ކަމަށެވެ.

ސައީދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އޭރު ކުރެވިގެން ދިޔަ ޝަރީއަތްތައްވެސް ކޮށްފައިވަނީ ފަނޑިޔާރުންގެ ބެންޗަކުން ކަމަށެވެ. އަދި އިސްތިއުނާފުގެ މަރުހަލާތަކުގައި ބޭރުގެ ވަކީލުންނަށްވެސް ނަޝީދުގެ ޝަރީއަތްތަކުގައި ބައިވެރިވެވޭނެ ގޮތްތައް އޭރުގެ ސަރުކާރުން މަގުފަހި ކޮށްދެއްވިކަން ސައީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ޝަރީއަތް ފަށާފައިވަނީ މިދިޔަ ހަފްތާގަ އެވެ. މި ޝަރީއަތުގެ ފުރަތަމަ އަޑު އެހުމަށްފަހު ގާޒީ ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް 5 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ ފެށޭ ހަފުތާގައެވެ.
ރައީސް ޔާމީން
ހިޔާލު

ފިރިހެންލޯބި

ފިނިފެންމަލަށް ހިމާޔަތް ލިބެންވާނެ.