Moosun lafaa kuraa kuraa app mihaaru beynun kureveyne
image
މޫސުމާ ބެހޭ އެޕުގެ ސުކްރީންޝޮޓުތަކެއް---
ފައުޒާ މުހައްމަދު
2 ކޮމެންޓް
 

މޫސުން ލަފާކުރާ ގޮތް ބެލޭނެ އެޕް މިހާރު ބޭނުންކުރެވޭނެ

މޫސުމާ ބެހޭ ކަންތައްތައް ލަފާކޮށް ބެލޭނެ މޮބައިލް އެޕްލިކޭޝަނެއް މިހާރު ބޭނުން ކުރެވޭނެއެވެ.
މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން މިދިޔަ ބުރާސްފަތި ދުވަހު މޫސުމާ ބެހޭ ކަންތައްތައް ލަފާކޮށް ބެލޭނެ މޮބައިލް އެޕްލިކޭޝަނެއް ލޯންޗުކޮށްފައިވާއިރު މިއަދުން ފެށިގެން ގޫގުލް ޕްލޭ އަދި އެޕް ސްޓޯރުން "މޫސުން" އެޕްލިކޭޝަން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

އެއެޕުުން ދިވެހިން އއަދި އިނގިރޭސީން ވެސް މޫސުމާ ބޭހޭ މައުލޫމާތު ލިބެން ހުންނާނެއެވެ.

އެޕްލިކޭޝަނުން ލިބޭނެ ބައެއް މައުލޫމާތުތަކުގެ ތެރޭގައި އެ ވަގުތެއްގައި މޫސުން ހުރި ގޮތް ދައްކުވައިދޭ ގިނަ މައުލޫމާތާއި އެ ދުވަހެއްގައި ކުރިޔަށް ހުރި ވަގުތު ތަކުގައި މޫސުން ލަފާ ކުރެވޭ ގޮތް ހާމަކޮށްދޭ މައުލޫމާތާއި ކުރިޔަށް އޮތް ފަސް ދުވަހުގައި މޫސޫމާއި ބެހޭ އޮފީހުން މޫސުން ލަފާ ގޮތުގެ މައުލޫމާތެވެ.

އޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވާ އެ އޮފީހުގެ އޮޓެމެޓިކް ވެދާ ސްޓޭޝަން ތަކުން އެވަގުތެއްގައި ދައްކުވައިވާ މޫސުމީ ޑޭޓާ އާއި މޫސުމާއި ބެހޭ އޮފީހުން ދެމުންދާ މޫސުމީ އެލާޓުތަކުގެ މައުލޫމާތާއި އެންމެ ފަހުގެ ރާޑަރު އަދި ސެޓަލައިޓު ފޮޓޯތަކުގެ އިތުރުން އެންމެ ފަހުގެ ބިން ހެލުމުގެ މައުލޫމާތުތަކާއި އަދި މޫސުމާއި ބެހޭ އޮފީހުން ބޭނުން ކުރަމުންދާ ބަސްމަގުތަކާއި އޭގެ މާނަތަށް ހިމެނެ އެވެ.

އެއެޕަކީ ހަރުދަނާކޮށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އާއްމު ރައްޔިތުންނާ ހަމަހަށް މޫސުމީ މައުލޫމާތު ގެނެސްދިނުމަށްޓަކައި އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މެޓް އޮފީހުން ތައްޔާރުކުރި އެޕެކެވެެ.
މޫސުން މެޓް
ހިޔާލު

ދައްބޫރު

ވަރަށް ފޭކު އެޕެއް. ހަމަ ހުވާ.

"މޫސުން"

އެޕް ސްޓޯރުން "މޫސުން" އެޕްލިކޭޝަން ނުފެނޭ. ލިންކު ކޮބާ؟