Hithuge bodu operation eh kuran jehifavaa Farig ah beynun vanee ehee eh
image
ފާރިގް--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ފާރިގަށް ބޭނުން ވަނީ އެހީއެއް

އުމުރުން 28 އަހަރުގެ ގދ. ތިނަދޫ އަށް އުފަން މުހައްމަދު ފާރިގަށް ވަނީ ހިތުގެ ބައެއް މައްސަލަތައް ކުރިމަތިވެފަ އެވެ. އޭނާގެ ހިތުގެ ބައެއް ވޭލްވްތައް ހަލާކުވެ، އެތަކެތި ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކުރަން ވަނީ ޖެހިފަ އެވެ.
ހިތުގެ ވެލްވް އަކީ ހިތުގައި ވަކި ގޮތަކަށް ލޭ ދައުރުކޮށްދޭ ވަސީލަތެކެވެ. ހިތުގައި ހަތަރު ވެލްވް އިންނައިރު ލޭގެ ޕްރެޝާ އާއެކި ވޭލްވްތައް ހުޅުވި، ލެއްޕެމުން، ވަކި ޑައިރެކްޝަނަކަށް ލޭ ފޮނުވާދެ އެވެ.

"ހިތުގެ ލޭ ފޮނުވަދޭ ވޭލްވްތަކެއް ހުންނާނެ، އެގޮތުން ރައިޓް ސައިޑްގަ އިން ވެލްވް ވަނީ ހަލާކުވެފަ، ލެފްޓު ސައިޑްގެ ވެލްވް ވެސް މިހާރު ވަމުން ދަނީ، ވެލްވްތައް ހަލާކުވެގެން ހިތަށް ލޭ ފޮނުވަދޭ ވަރަށް ލެއާއި އޮކްސިޖަން ނުފޮނުވައިގެން ހިތް މަސައްކަތް ނުކުރަނީ،" ފާރިގުގެ ހާލަތު ސީއެންއެމް އަށް ކިޔައިދިނީ އޭނާގެ ބޭބެ މުހައްމަދެވެ.

އައިޖީއެމްއެޗް ސީސީޔޫގައި ފާރިގް އެޑްމިޓް ކޮށްފައިވާއިރު ފާރިގްގެ އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ފުރަތަމަ ލަފާދީފައި ވަނީ ރާއްޖެއިން ކުރުމަށް ކަމަށް މުހައްމަދު ބުންޏެވެ. ނަމަވެސް ފާރިގްގެ ހިތުގެ ޕްރެޝާ ލަސް ކަމުން ރާއްޖެއިން އޮޕަރޭޝަން ކުރެވޭކަށް ނެތް ކަމަށް މުހައްމަދު ބުންޏެވެ.

އެކަމަށް ފަރުވާ ކުރުމަށް އާސަންދަ ލިބުނު ނަމަވެސް ރާއްޖެއިން ބޭރުގައި ހުރުމުގެ ކަންތަކާއި ކައިބޮއެ ހުރިހާ ކަމަކަށް ހަރަދު ދާނެ ކަން ފާހަގަކޮށް ފާރިގް ގެ ބޭބެ މުހައްމަދު ބުނީ އެމީހުންގެ އާއިލާ އަކީ އެހާތަނަވަސް ބައެއް ނޫން ކަމުން އެކަމަށް މީހުންގެ ދީލަތި އެހީ ބޭނުންވާ ކަމަށެވެ.

ގާތްގަނޑަކަށް ތިން ދުވަސް ތެރޭގައި ފާރިގް ރާއްޖެއިން ބޭރަށް ފުރުވާ ލެވޭނެ ކަމަށް މުހައްމަދު ބުނެ އެވެ. އަދި ހުރިހާ އެންމެންގެ ވެސް ދީލަތި އެހީއެއް ބޭނުންވާ ކަމަށާއި މާލީ އެހީއެއް ވެދެވެން ނެތް ނަމަ ހެޔޮ ދުއާ ކޮށްދިނުމަށް މުހައްމަދު ވަނީ އެދިފަ އެވެ.

އާއިލާ އަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:

އެކައުންޓު ނަމްބަރު: 7730000039475 އަލީފް ނިޒާމް
ޑޮލަރު އެކައުންޓު ނަމްބަރު: 7730000201368 އަލީފް ނިޒާމް
ނަމްބަރު: 7912225 / 7537335 - މުހައްމަދު (ފާރިގް ގެ ބޭބެ)

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު