Addu city link road gai accident eh higaifi
image
އައްޑޫ ސިޓީ ލިންކް ރޯޑް---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އައްޑޫ ސިޓީ ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ މަރަދޫ ފޭދޫ ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ އެއެކްސިޑެންޓު ހިނގާފައިވަނީ މިއަދު 18:38 ހާއިރު ސ. މަރަދޫފޭދޫ ވީބީ ފިހާރަ ކުރިމަތިން ލިންކް ރޯޑުގައެވެ.

އެގޮތުން އެ އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލެއް، ކާރުގެ ފަހަތުން ގޮސް ކާރުގެ ކަނާތް ފަރާތު ގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެވަގުތު ކާރު ދުއްވަން އިނީ އުމުރުން 44 އަހަރުގެ ފިރިހެނެކެވެ. އަދި ސައިކަލް ދުއްވަން އިނީ ލައިސެންސް އޮންނަ 28 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އެކްސިޑެންޓުގައި މީހަކަށް ސީރިއަސް އަނިޔާ އެއް ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހިޔާލު