Aailaage emme dhoshee kujjaa nama mi kan kamaai dhimaavaane
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އާއިލާގެ އެންމެ ދޮށީ ކުއްޖާ ނަމަ މި ކަންކަމާއި ދިމާވާނެ

އާއިލާގެ އެންމެ ދޮށީ ދަރިއަކަށް ވުމަކީ ތަފާތު ކަމެކެވެ. އާއިލާއަށް ހަގަށް އިތުރު ދަރިއަކު ލިބޭ ހިސާބަކީ ގިނަ ކަންތައްތަކެއް ބަދަލުވާ ހިސާބެވެ.
ތިޔައީ އާއިލާގެ އެންމެ ދޮށީ ކުއްޖާ ކަމުގައިވާ ނަމަ މި ކަންކަމާއި ދިމާވާނެކަން ޔަގީނެވެ.

1. ދެން ތިބި ކުދިންނަށް ނަމޫނާ އަކަށް ވުން
އެންމެ ދޮށީ ދަރިއަކީ އާއިލާގެ ފުރަތަމަ ކުއްޖާ އަށް ވުމުން މައިންބަފައިން އެކުއްޖާ ބަލަނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލުކޮށް، ދެން ތިބި ކުދިންނަށް ނަމޫނާއަކަށް ވާނެ ކަމަށް ގަބޫލުކުރެ އެވެ. ހަމަ އެހެންމެ އެންމެ ދޮށީި ދަރިއަކީ މައިންބަފައިން އެންމެ ހިފަހައްޓައިގެން ގެންގުޅެފައި ހުންނަ ކުއްޖާ އެވެ.

2. ހުރިހާ ކަމަކަށް ވެސް ޒިންމާ ނަގަން ޖެހޭ
އެންމެންނަށް ވެސް ނަމޫނާއަކަށް ވާން ޖެހޭ ކުއްޖާ އަށް ވުމުން ދެން ތިބި ކުދިންގެ ޒިންމާތައް ނަގަން ޖެހެ އެވެ. ދޮށީ ކުއްޖާ ނުބައި ނުވަތަ ގޯސް ކަމެއް ކޮށްފިނަމަ ދެން ތިބި ކުދިންގެ ކުރިމަތީގައި އެ މައްސަލަތައް ބޮޑުކޮށް ނަގައި އޭގެ ރަނގަޅަށް އުޅެންވީ ގޮތް ކިޔައިދޭނެ އެވެ.

3. ކޮށްދޭ އެއްވެސް ކަމަކަށް ޝުކުރުވެރި ނުވާހެން ހީވުން
ފިލާވަޅުތައް ހަދަން އެކުދިންނަށް އެހީވެދީ، ސްކޫލަށާއި ޓިއުޝަންތަކަށް ގެންގޮސްދީ ހެދިޔަސް މި ކަންތައްތަކަށް ޝުކުރު އަދާ ކޮށްދޭނެ މީހަކު ގިނަ ފަހަރު ނުހުންނާނެ އެވެ.

4. ރުފިޔާ ލިބޭނަމަ ހަރަދުކުރަން ޖެހޭ
ރުފިޔާ ލިބޭ ކަމުގައިވާނަމަ ގިނަ ހަރަދެއް ދާނީ ދެން ތިބި ކޮއްކޮމެން ބޭނުންވާ އެއްޗެހި ގަނެ އެމީހުންނަށް ހަރަދު ކުރާށެވެ. ގިނަ ފަހަރަށް ކޭޝް ކާޑު ވެސް އަމިއްލަ އަތުގައި އޮންނަ ތަނެއް ނުފެންނާނެ އެވެ.

5. ކޮންމެ ފަދަ ވަގުތެއްގައި ވެސް ސިއްރުތައް ފަޅާއަރުވާލާނެ
ކޮއްކޮމެންނަށް އާއިލާގެ އެންމެ ދޮށީ ކުއްޖާގެ ސިއްރުތައް އެނގޭނަމަ ކޮންމެ ފަދަ ވަގުތެއްގައި ވެއް ސިއްރުތައް ބޭޒާރުކޮށްފާނެ ކަމުގެ ބިރު އޮވެ އެވެ.
ދިރިއުޅުން
ހިޔާލު