Raluge baavatheh fihaarathakugai vihkamun anna mahsala eh customs in balanee
image
ޖަރުމަނުގެ އުފެއްދުމެއް ކަމަށްވާ "ގާސްޓަލް" ދަޅު--
2 ކޮމެންޓް
 

ރަލުގެ ބާވަތެއް ފިހާރަތަކުގައި ވިއްކަމުން އަންނަ މައްސަލައެއް ބަލަނީ

ބަނގު އާވި ހިމެނޭ ދަޅު ބުއިމެއް ރާއްޖޭގެ އާއްމު ފިހާރަތަކުގައި ވިއްކަމުންދާ މައްސަލައެއް ބަލަމުން އަންނަ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނެފި އެވެ.
ފިހާރަތަކުގައި މިވަގުތު ވިއްކަމުން އަންނަ ޖަރުމަނުގެ އުފެއްދުމެއް ކަމަށްވާ "ގާސްޓަލް" ދަޅުގައި "އަލްކަހޯލް ފްރީ" ޖަހާފައިވީ ނަމަވެސް އެ ބުއިމުގައި އާވި ހިމެނޭ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އެކަމާއި ގުޅިގެން ކަސްޓަމްސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކަން ފާހަގަކުރެވިގެން އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. އެކަމަކު، އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެހެންކަމުން އެ ތަކެތި ފިހާރަތަކުން ނަގަން އަންގާފައިވާކަން ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ. މީގެ ކުރިން ވެސް އެފަދަ ބާވަތްތައް އެކުލެވޭ ތަކެތި ރާއްޖޭގެ ބާޒާރުގައި ވިއްކާތީ ފިހާރަތަކުން ނަގާފައިވެ އެވެ.
ބަނގުރާ ކަސްޓަމްސް
ހިޔާލު

ސަބްރީނާ

ޢުމަރު ބުނާނީ ހަމަރަނގަޅށް

ބޯމީހުން

ލޮލް. ބޯމީހުންނަށް އެނގޭނީ