PG vakeelaa Aishath aai dhekolhah Raees Yameen Supreme Court ah
image
ވަކީލާ އައިޝަތު މުހައްމަދު ޔާމީންގެ ޝަރީއަތުގައި ވާހަކަދައްކަވަނީ--ފޮޓޯ:ޓްވިޓާ
ރައްޔާން މުޙައްމަދު
3 ކޮމެންޓް
 

ޕީޖީ ވަކީލާއި ދެކޮޅަށް ރައީސް ޔާމީން ސްޕްރީމް ކޯޓަށް

ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލާގައި އެ މަނިކުފާނާއި ދެކޮޅަށް ކޯޓުގައި ވަކާލާތު ކުރައްވާ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލު އައިޝަތު މުހައްމަދާއި ބެހޭ ޝަކުވާ އެއް ސްޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ރައީސް ޔާމީނުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި ޝަކުވާ އަކީ، އެ މައްސަލާގައި އެ މަނިކުފާނު ބަންދުގައި ބެހެއްޓުމާއި ބެހޭގޮތުން ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެއްގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ދެއްކި ކަމަށް ބުނެ އެވެ.

އެގޮތުން ރައީސް ޔާމީނު ހެކިންނަށް ނުފޫޒު ފޯރުވި ކަމަށް ވަކީލް އައިޝާ ކޯޓުގައި ބުނި ކަމަށާއި، ނަމަވެސް އެމަނިކުފާނު އެފަދަ އަމަލެއް ކުރައްވަން މަސައްކަތް ކުރެއްވި ކަމުގެ ހެއްކެއް ނެތް ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށާއި އެހެންކަމުން އެއީ ކޯޓުގައި ދޮގު ހެދުން ކަމަށް ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން ބުނެ އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ފަށާފައިވަނީ މިދިޔަ ހަފްތާގަ އެވެ. މި ޝަރީއަތުގެ ފުރަތަމަ އަޑު އެހުމަށްފަހު ގާޒީ ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް 5 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ ފެށޭ ހަފުތާގައެވެ.
ހިޔާލު

ނަޛީރު އަޙްމަދު

ވޯޓުން ވެސް އަދި ކޯޓުންވެސް ދެން އިރާދަކުރެއްވިއްޔާ ޖަހާނީ އުމުރަށް ޖަލަށް. ދައުލަތުގެ ޒުވާން ވަކީލުން ކިޔަވައިގެންތިއްބެވި ދަރިން ކޮރަޕްޝަނާއި ފަސާދަތައް ހުއްޓުވަން ތިޔަ ކުރާ ހިއްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން.

ތެރަސް ބަގުޑި

ރައީސް ޔާމީން ތިކޯޓާ އިންނަން ވީ ނު. އަބަދު ކޯޓުން ނުނެއްޓިގެން ތިތެޅެނީ

އައިސް

ސާބަހޭ ރައީސް ޔާމީން...