Arjun Patiala leak vejje
image
އަރްޖުން ޕަޓިއަލާގެ ޕޯސްޓަރުތަކެއް---
0 ކޮމެންޓް
 

"އަރްޖުން ޕަޓިއާލާ" ލީކު ވެއްޖެ

ރޯހިދް ޖުގްރާޖްގެ ފިލްމު "އަރްޖުން ޕަޓިއާލާ" ލީކު ވެއްޖެއެވެ.
ކްރިތީ ސެނޮން އާއި ދިލްޖިތް ދޮސަންޖެ ލީޑު ރޯލުން ފެނިގެންދާ އެފިލްމު ނެރެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ފިލްމު ނެރެނުތާ އެއްދުވަސް ނުވަނީސް ތަމިލްރޮކާސް އިން ވަނީ ފިލްމު ލީކުކޮށްލާފައެވެ. ތަމިލްރޮކާސް އިން ވަނީ މިއަހަރު ނެރެނު ގިނަ ބޮލީވުޑު ފިލްމުތައް ލީކުކޮށްލާފައެވެ.

ފިލްމުގައި ކްރިތީ ފެނިގެންދަނީ ޖާނަލިސްޓެއްގެ ރޯލުންނެވެ. އަދި ދިލްޖިތް ފެނިގެންދަނީ އާދައިގެ ކުޑަ އަވަށަކަށް ނިސްބަތްވާ މީހެއްގެ ރޯލުންނެވެ. ކްރިތީ އާއި ދިލްޖިތް ގެ އިތުރުން އެފިލްމުގައި ވަރުން ޝަރުމާ ވެސް ފެނިގެންދިޔައެވެ.

ފިލްމު އުފެއްދުންތެރިން ވަނީ ފިލްމު ވަރަށް ތަފާތުވެ މީހުން ހެއްވާލާނެ ކަމަށެވެ. އަދި އެންމެނަށް ވެސް ވަރަށް ކަމުދާނެ ކަމަށެވެ. ނަމަވެސް ފިލްމަށް އެހާ ބޮޑު ތަރުހީބެއް ނުލިބޭ ކަމަށް އިންޑިއާގެ ނޫސްތަކުން އަންނަނީ ބުނަމުންނެވެ.
ހިޔާލު