Pre School mudharrisun Dhivehi bahah ahulu veri kuruvanee
image
ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ފުވައްމުލަކު ސިޓީ ޕްރީސްކޫލް މުދައްރިސުންނާއެކު--ފޮޓޯ: ބަހުގެ އެކަޑަމީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޕްރީ ސްކޫލް މުދައްރިސުން ދިވެހި ބަހަށް އަހުލުވެރި ކުރުމުގެ މަސައްކަތް އެބަ ކުރަން: އަޝްރަފް

ޕްރީ ސްކޫލްތަކުގެ މުދައްރިސުން ދިވެހި ބަހަށް އަހުލުވެރި ކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެ އެވެ.
އަޝްރަފް އެހެން ވިދާޅުވީ މިވަގުތު ފުވައްމުލަކު ސިޓީއަށް ކުރައްވަމުންދާ ދަތުރުގައި، އެރަށުގެ ޕްރީ ސްކޫލްތަކުގެ މުދައްރިސުންނާ ކުރެއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

ބައްދަލުވުމުގައި އަޝްރަފް ވަނީ މިހާރަށް ވުރެ ރަނގަޅަށް ދިވެހި ބަސް ތުއްތު ކުދީންނަށް ކިޔަވައި ދެވޭނެ ގޮތްތަކާއި ދިވެހި ބަސް ކިޔަވައި ދިނުމުގައި މުދައްރިސުންނަށް ދިމާވާ ދަތިތަކާއި މެދު ފުވައްމުލަކު ސިޓީ ޕްރީސްކޫލްގެ މުދައްރިސުންނާ އެކު މަޝްވަރާކޮށްފަ އެވެ.

މީގެ އިތުރުން އަޝްރަފް ވަނީ ފުވައްމުލަކު ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނާ ބައްދަލުކުރައްވާ މައުލޫމާތު ދިނުމުގެ ގަޑިއެއް ނަންގަވައިފަ އެވެ. މި ގަޑީގައި އަޝްރަފް ވަނީ "ޤައުމީ އަމިއްލަވަންތަކަން" އެ މައުޟޫއާ ގުޅޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދީފަ އެވެ.

އެ ގަޑީގައި ފުވައްމުލަކު ސިޓީގެ ސްކޫލްތަކުގެ ގްރޭޑް ހަތަކުން މަތީގެ 400 ދަރިވަރުން ބައިވެރިވި އެވެ.
ހިޔާލު