Hisaan Yameen ah: Vakeelun ge shakuvaa thah mihaaru hushahalhan jehenee Bar Council ah
image
ތުޅާދޫ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ މެމްބަރު ހިސާން ހުސައިން-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
5 ކޮމެންޓް
 

ޕީޖީ ވަކީލުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ރައީސް ޔާމީނަށް ހިސާން ފާޑު ވިދާޅުވެއްޖެ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލާ އައިޝަތު މުހައްމަދުގެ މައްސަލައެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ތުޅާދޫ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ ހިސާން ހުސައިން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލާގައި އެމަނިކުފާނާއި ދެކޮޅަށް ކޯޓުގައި ވަކާލާތު ކުރައްވާ ޕީޖީ އޮފީހުގެ ވަކީލު އައިޝަތު މުހައްމަދާއި ބެހޭ ޝަކުވާއެއް ޔާމީން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ.

އެކަމަށް ފާޑު ވިދާޅުވެ ހިސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކީލުން މައްސަލަތައް މިހާރު ހުށަހަޅަން ޖެހެނީ ސުޕްރީމް ކޯޓަށް ނޫން ކަމަށާއި، އެފަދަ މައްސަލަތައް މިހާރު ހުށަހަޅަން ޖެހެނީ އަލަށް އުފައްދާފައިވާ ބާ ކައުންސިލަށް ކަމަށެވެ.

ބާ ކައުންސިލަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ ކައުންސިލެކެވެ. ބާ ކައުންސިލް އުފައްދާ މިހާރު ވަނީ ކައުންސިލްގެ އިންތިހާބު ބާއްވާ މެމްބަރުން ވެސް ހޮވައިފަ އެވެ. "ކޮންމެވެސް މީހަކަށް ރައީސް ޔާމީނަށް ސާފުކޮށްދޭން އެބަ ޖެހޭ، ވަކީލުންނާއި ގުޅޭ ޝަކުވާތައް މިހާރު ހުށަހަޅަން ޖެހެނީ ބާ ކައުންސިލަށްކަން، ސުޕްރީމް ކޯޓަށް ނޫން ކަން،" ހިސާން ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި ޝަކުވާ އަކީ، އެ މައްސަލާގައި އެ މަނިކުފާނު ބަންދުގައި ބެހެއްޓުމާއި ބެހޭ ގޮތުން ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެއްގައި ޕީޖީ އޮފީހުގެ ވަކީލު ހަގީގަތާ ހިލާފު ވާހަކަތަކެއް ދެއްކި ކަމަށް ބުނެ އެވެ.

އެގޮތުން ރައީސް ޔާމީނު ހެކިންނަށް ނުފޫޒު ފޯރުވި ކަމަށް ވަކީލް އައިޝާ ކޯޓުގައި ބުނި ކަމަށާއި، ނަމަވެސް އެމަނިކުފާނު އެފަދަ އަމަލެއް ކުރައްވަން މަސައްކަތް ކުރެއްވި ކަމުގެ ހެއްކެއް ނެތް ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށާއި އެހެންކަމުން އެއީ ކޯޓުގައި ދޮގު ހެދުން ކަމަށް ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން ބުނެ އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ފަށާފައި ވަނީ މިދިޔަ ހަފްތާގަ އެވެ. މި ޝަރީއަތުގެ ފުރަތަމަ އަޑު އެހުމަށް ފަހު ގާޒީ ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ ފެށޭ ހަފުތާގައެވެ.
ހިޔާލު

ކަނޑު ބޭރި

ބާކައުންސިލްއަކީ ގާނޫނު އަސާސީ ބާރުކަނޑްވާލާ، ސީޔާސީ މަންފާ ނުހަމަ ގޮތުގައި ބޭނުން ކުރަން ހަދާފައިވާ އެބޯޅޭ މިބޯޅޭ ތަނެއް.

ޙިސާން

އިބިލީސް ބުންޔަސް ތެދު ވާނީ ތެދަށް އިނގޭ ބުއްދީގެ ހަމަޔާ....

އަޒީމް

ޔާމީންއަށް ސާފުކޮއްދޭން ޖެހޭ ވަރަށް ގިނަކަންތަށް އެބަ ހުރި، ވައްކަމުގެ ދާއިރާ ފިޔަވާ.

ގުދުގުދާ

މަރުމޯލާ! މިހާރު ސްޕްރީމް ކޯޓް ކޮންމެ ކަމަކަށް ބޭނުމެއް ނުކުރެވޭނެ!

ބުއްދީގެ ހަމަ

ހިސާން ބުނާ ކޮންމެ އެއްޗެއް ރަނގަޅު ވޭތަ؟