Dhivehi fannaanunge musikee eid ge thayyaaree thah Nasheed ballavaa lavvaifi
image
ރައީސް ނަޝީދު ދިވެހި ފަންނާނުންނާއެކު-- ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ދިވެހި ފަންނާނުންގެ މިއުޒިކީ އީދުގެ ތައްޔާރީތައް ރައީސް ނަޝީދު ބައްލަވާލައްވައިފި

މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުން އިންތިޒާމްކޮށްގެން ބާއްވާ މިއުޒިކީ ފަންނާނުންގެ މިއުޒިކީ އީދުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްލަވާލައްވައިފި އެވެ.
ރައީސް ނަޝީދު މިއަދު ވަނީ ފަންނާނުން ތައްޔާރުވަމުން ދިޔަ ވަގުތު ކާނިވާ ސަރަހައްދަށް ވަޑައިގަން ފަންނާނުންނަށް ހިތްވަރު ދެއްވައިފަ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތާއި ދިމާކޮށް ދިވެހި ފަންނާނުންގެ މިއުޒިކީ އީދު އަލުން ފަށާފައި ވަނީ ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހުގަ އެވެ.

އެ ޝޯ ކުރިއަށް ދާނީ މިރޭ 8:30 އިން 12:00 ޖެހުމާއި ހަމައަށް ކާނިވާ ސްޓޭޖް ގައެވެ. ރޭގައި ވެސް އެ ޝޯ ވަނީ ބާއްވައިފަ އެވެ.

ރޭ އަލިމަސް ކާނިވާގައި ކުރިޔަށް ދިޔަ އިވެންޓުގައި ދިވެހި ގިނަ މިޔުޒިކީ ފަންނާނުންނާއި ބޭންޑުތަކުގެ އިތުރުން ބޮޑުބެރު ގްރޫޕްތައް ވަނީ ބައިވެރިވެފަ އެވެ.

ރޭގެ ޝޯ ބަލާލުމަށް ގިނަ އަދެއްގެ ޒުވާނުން ވަނީ ކާނިވާ ސަރަހައްދަށް އެއްވެފަ އެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނި ގޮތުގައި މިއުޒިކީ އީދު މި ފަހަރު ކުރިއަށް ގެންދަނީ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް އާއި ދައުލަތުގެ މީޑިއާ ޕީއެސްއެމާއި ދިވެހި މިއުޒިކް ކޮމިއުނިޓީ އެއްތަން ކުރާ "ފަންނުގެ ދަރިންނާއި" ގުޅިގެންނެވެ.

މިއުޒިކީ އީދުގައި މި ފަހަރު 13 ބޭންޑެއް ޕަފޯމްކުރާނެ އެވެ.
ހިޔާލު

ޭާަަްްނަވާރަ

ޝުކުރިއްޔާ...ރައީސް ނަޝީދު