Banguraa himeney Buin Raajje ethere kuran feshee Raees Yaameen ge verikamugai
image
ޖަރުމަނުގެ އުފެއްދުމެއް ކަމަށްވާ "ގާސްޓަލް" ދަޅު--
8 ކޮމެންޓް
 

ބަނގުރާ ހިމެނޭ ބުއިން ރާއްޖެ އެތެރެ ކުރަންފެށީ ރައީސް ޔާމީނުގެ ވެރިކަމުގައި

ބަނގު އާވި ހިމެނޭ ދަޅު ބުއިމެއް ރާއްޖޭގެ އާއްމު ފިހާރަތަކުގައި ވިއްކަމުންދާ މައްސަލައެއް ބަލަމުން އަންނައިރު އެބުއިން ރާއްޖެ އެތެރެކުރީ 2017 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.
ފިހާރަތަކުގައި މިވަގުތު ވިއްކަމުން އަންނަ ޖަރުމަނުގެ އުފެއްދުމެއް ކަމަށްވާ "ގާސްޓަލް" ދަޅުގައި "އަލްކަހޯލް ފްރީ" ޖަހާފައިވީ ނަމަވެސް އެ ބުއިމުގައި އާވި ހިމެނޭ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރެމުންދަނިކޮށް ކަސްޓަމްސްއިން މިއަދު ވަނީ ކުރިއްސުރެ އެކަން ކަސްޓަމްސްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

އެއާ ގުޅިގެން މިއަދު ކަސްޓަމްސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގާސްޓަލް، ނޮން އަލްކޮހޯލިކް ބިއާގައި ބަނގުއާވި ހިމެނޭކަމަށް ކަސްޓަމްސްގެ އިންޓެލިޖެންސަށް ޝައްކު ކުރެވިގެން، މިއަހަރުގެ ޖޫންމަހުން ފެށިގެން އެމައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

އެގޮތުން އެ ބާވަތުގެ ބުއިންތައް ރާއްޖެ އެތެރެކުރަން ފެށީ 2017 ވަނަ އަހަރުން ފެށިގެން ކަމަށާއި އެންމެ ފަހުން މިފަދަ ބުއިމުގެ ޝިޕްމެންޓެއް ރާއްޖެ އެތެރެކޮށްފައިވަނީ 03 އޮގަސްޓް 2018 ގައި ކަމަށް ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ކަސްޓަމްސްއިން ބުނީ އެމައްސަލަ ބަލަމުން ދިޔަ މަރުޙަލާގައި ރާއްޖެ އެތެރެ ކުރުމަށްޓަކައި ގެނެވުނު އެފަދަ ބުއިމުގެ ޝިޕްމެންޓެއް މިއަހަރުގެ ޖުލައި މަހުގެ 17 ގައި ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށާއި، އެބުއިންތަކުގައި 0.3 އިންސައްތަ އަށް ވުރެ ގިނަ މިންވަރަށް ބަނގުއާވި އެކުލެވިގެންވާ ކަން މިމަހުގެ 21 ގައި ލެބޯޓްރީ ތަހުލީލުން ކަސްޓަމްސް އަށް ސާބިތު ކުރެވިފައިވާ ކަމަށެވެ.

އެހެންވެ، އެފަދަ ބުއިންތައް އެތެރެކުރާ ފަރާތްތަކާއި ކަސްޓަމްސްއިން މުއާމަލާތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެފަދަ ބުއިންތައް ބާޒާރުން ނެގުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެއެވެ.

ރާއްޖެއަށް ކާބޯތަކެތި އެތެރެކުރެވޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއެކު އެވެ.

ކަސްޓަމްސްގެ ބަޔާނުގައި އިތުރަށް ބުނީ، އެބާވަތުގެ ބުއިންތަކަކީ އަހަރުތަކެއް ވަންދެން ރާއްޖޭގެ ބާޒާރުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރެވެމުން އައިސްފައިވާ ބުއިމެއް ކަމުން އެއީ ގިނަބައެއްގެ ވިޔަފާރީގެ މަސްލަޙަތާއި ގުޅިފައިވާނޭ މައްސަލައެއްކަން އެނގޭ ކަމަށެވެ. އެހެންވެ، އެ ކަމާއި ގުޅިގެން އުފެދިދާނެ މައްސަލަތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

މީގެ ކުރިން ވެސް އެފަދަ ބާވަތްތައް އެކުލެވޭ ތަކެތި ރާއްޖޭގެ ބާޒާރުގައި ވިއްކާތީ ފިހާރަތަކުން ނަގާފައިވެ އެވެ.
ކަސްޓަމްސް ވިޔަފާރި
ހިޔާލު

އާކު

ކޮބާ މައްސަލަ އަކީ މިތާ މަނާކުރިޔަސް އެހެން ގައުމުގައި މަނާ އެއްޗެއްނޫން މިތަނުގައި ތިޔާ ހެދި އޮޅުލަ އޮޅުލާތިބޭ މޮޔައިންތައް ހަހަހ

ދޮންޖޭމު

މިކަންފެށިގެން މިހިސާބަށްއައިއިރު އިންޓެލިޖެންޓު ޢުމަރު ކޮބައިތޯ؟ ހުންނެވީ ޢާފިލްކަންމަތީގަތޯ ސުވާލުކުރަންއެބަޖެހެއެވެ. ކަމަކީ ރަނގަޅުކަމެކޭ، އަދި ޤަބޫލުކުރާކަމެކޭވެސް ނުބުނަމެވެ. މިކަންގޯހެވެ. އެކަމަކު ކުއްލިއަކަށް މިދައުރުއައުމުން ޢުމަރުގެ އިންޓެލިޖަންސަށް މިކަންއަރައި، އެކަން ސަމާލުކަމަށް ގެނައިގެނައުމާއިމެދު ސުވާލު އުފެދެނީއެވެ. ޢުމަރު މިއުޅެނީ ކޮންގޮތަކަށް ރައްޔިތުންގެބޮލަށް ސަވާރުނުވެވިގެންކަމެއް ނުވިސްނެއެވެ.

އަލޫ

ހުރިހާ ކަމެއް ޔާމީނު ބޮލަށް ކަނޑާލީމަ ގޯސް . ޒިންމާ އަދާ ނުކުރެވެންޔާ އިސްތިފާ ދީފަ ގެއަށް ދޭ.

ސަޖޯ

މާދަން ހެނދުނުވާއިރަަށް ހުރިހާ ދަޅެދަޅެއް ވިކި ހުސްވާނެ. މިހަބަރު ވާނީ އިސްތިހަަރަކަށް

ސިރާޖު

ތިވަރަށް ބަނގުއާވި ހުރިއްޔާ ތި ބޯއެކަކުވެސް ހަމައަކު ނުހުންނާނެ. އެހެންވީމަ ތިޔަ މައުލޫމާތު ގޯސް

Sameen

ޔާމީނުގެ ވެރިކަމުގަ ދެމީހަކު ޒިނޭ ކުރިޔަސް އެކަން އެއީ ޔާމީނު ގެ ސަބަބުން ވީކަމެއް ކަމަށްދޮތަ ތި ހަދަނީ ހަމަ ހިނި އަންނަނީ.

Sameen

ޔާމީނު ބުނެގެންތަ ބަގުރާ އަޅައިގެން ތައްޔާރު ކުރީ މީގެ ކުރީގަވެސް އެބަހުރި އޫރުގެ މާއްދާއެއް އެކުލެވި ފަވާ ޗީޒްވެސް އެތެރެ ކުރެވިފަ ޔާމީނުގެ ވެރިކަމެއްގަ އެއް ނޫން

ޢަބަ

ވިޔަފާރީގެ މަސްލަހަތު ނޫނީ ދީނުގެމަސްލަހަތު¿