Konme meehakah ves dhevana furusatheh liben jehey: Malaika Arora
image
މަލައިކާ އާއި އަރްޖުން--
1 ކޮމެންޓް
 

ކޮންމެ މީހަކަށް ވެސް ދެވަނަ ފުރުސަތެއް ލިބެން ޖެހޭ: މަލައިކާ އަރޯރާ

ބޮލީވުޑުގެ ބަތަލު އަރުޖުން ކަޕޫރާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މަލައިކާ އަރޯރާ ރަސްމީކޮށް އިއުލާނުކުރިތާ އަދި ގިނަ ދުވަސްތަކެއް ނުވެއެވެ. މިހާރު އެމީހުން އަންނަނީ ދެ އާއިލާގެ މީހުންނާއެކު ވެސް ވަގުތު ހޭދަކުރަމުންނެވެ.
ނަވާރަ ސަތޭކަ ނުވަދިހަ އަށް ވަނަ އަހަރު ސަލްމާން ހާނުގެ ކޮއްކޮ، އަރްބާޒު ހާނާއި މަލައިކާ ކައިވެނިކުރިއެވެ. އެކައިވެންޏަށް 16 އަހަރުގެ ދަރިއަކު ވެސް ލިބިފައިވާއިރު އެކައިވެނި ރޫޅުނީ 2017 ވަނަ އަހަރެވެ. އެކައިވެނި ރޫޅުމުގެ ސަބަބަކީ ވެސް އަރުޖުން ކަމަށް އޭރު އަޑުތައް އެރިއެވެ.

އުމުރުން 45 އަހަރުގެ މަލައިކާ، މިވަނީ އޭނާއާ އަރުޖުންގެ ގުޅުމާއި ގުޅިގެން ދާދިފަހުން ވާހަކަ ދައްކާފައެވެ. އެގޮތުން ދެ ވަނަ ފަހަރަށް ލޯބީގެ ގޮތުން މީހަކާ ގުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށް މަލައިކާ ބުންޏެވެ. ވަރިވުމަށް ފަހު އަންހެނަކު ދެވަނަ ފަހަރަށް ލޯބީގެ ގޮތުން އެހެން މީހަކާ ގުޅެން ބޭނުންވެއްޖެނަމަ އެތައް ފާޑުކިޔުންތަކެއް ކުރިމަތިވާކަން ފާހަގަކޮށް މަލައިކާ ވަނީ ކޮންމެ މީހަކަށް ވެސް ދެވަނަ ފުރުސަތެއް ލިބެންޖެހޭ ކަމަށް ބުނެފައެވެ.

މީގެ ކުރިން އުމުރުން 34 އަހަރުގެ އަރުޖުން މީހަކާ ކައިވެނިކޮށްފައެއް ނުވެއެވެ. ވަރަށް އަވަހަށް އޭނާ އާއި މަލައިކާ ކައިވެނިކުރަން އުޅޭ ކަމުގެ އަޑުތައް ގަދަވި ނަމަވެސް އެކަމަށް އަދި ނުވިސްނާ ކަމަށް ދާދިފަހުން އަރްޖުން ބުންޏެވެ.
ހިޔާލު

އާންމުން

ނޫން، ތިކަހަލަ މީހުންނަށް ހާސް ފުރުސަތު އޮންނަންވާނެ.