Americage National Intelligencege Veriyaa isthiufaa Dhevvanee
image
އެމެރިކާގެ ގައުމީ އިންޓެލިޖެންސް އިދާރާގެ ވެރިޔާ ޑޭން ކޯޓްސް--
0 ކޮމެންޓް
 

އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސްގެ ވެރިޔާ އިސްތިއުފާ ދެއްވަނީ

އެމެރިކާގެ ގައުމީ އިންޓެލިޖެންސް އިދާރާގެ ވެރިޔާ ޑޭން ކޯޓްސް އޮގަސްޓު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
ކޯޓްސް ވަނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިސްތިއުފާ ދެއްވަން ނިންމަވާ ސިޓީއަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެކަން އަންގަވާފަ އެވެ. ކޯޓްސް އިސްތިއުފާ ދެއްވަން ނިންމަވާ ފޮނުއްވި ސިޓީގައި ފާއިތުވީ ދެ އަހަރު ދުވަހުގެ ތެރޭގައި ގައުމީ އިންޓެލިޖެންސް އިދާރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި އެކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށް ފާހަގަ ކުރައްވާފައި ވެއެވެ.

ކޯޓްސްގެ އިސްތިއުފާއާއި ގުޅިގެން ވަކި އެއްޗެއް ހާމަ ކުރައްވާފައި ނުވި ނަމަވެސް އިސްތިއުފާގެ ސިޓީގައި ޓްރަމްޕްގެ ހާރިޖީ ސިޔާސަތުތަކާ މެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާކަން ފާހަގަ ކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި ރަޝިޔާއިން އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި މައްސަލަ އާއި، އިރާންގެ ނިއުކުލިއާ މައްސަލަ އާއި އުތުރު ކޮރެއާގެ މައްސަލަ ކޯޓްސް ފާހަގަ ކުރައްވާފައި ވެއެވެ.

ކޯޓްސް ވަނީ އެމެރިކާގެ ސިޓީއެއް ކަމަށްވާ އިންޑިއާނާގެ ސެނެޓަރުކަން ދެ ދައުރު އަދާ ކުރައްވާފަ އެވެ. އަދި އެމެރިކާއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަން ވެސް ކޯޓްސް އަދާ ކުރައްވާފައި ވެއެވެ.

ކޯޓްސް އިސްތިއުފާ ދެއްވަން ނިންމަވާފައި ވާތީ އެ މަގާމަށް ކޮންގްރެސްގައި ޓެކްސަސް ތަމްސީލު ކުރައްވާ ޖޯން ރެޓްކްލިފް އައްޔަން ކުރަން ނިންމަވާފަ އެވެ.
އެމެރިކާ
ހިޔާލު