Saudi Ilmuveriyaa Al-Awdahge Maruge Shareeai Anekkaaves Faskoffi
image
މަޝްހޫރު ދީނީ އިލްމުވެރިޔާ ސަލްމާނުލް އަވްދާ--
1 ކޮމެންޓް
 

ސައުދީ އިލްމުވެރިޔާ އަލްއަވްދާގެ މަރުގެ ޝަރީއަތް ފަސްކޮށްފި

ސައުދީ އަރަބިއްޔާއިން ހައްޔަރުކޮށްފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ސަލްމާނުލް އަވްދާގެ މައްޗަށް ހިންގަމުންދާ މަރުގެ ޝަރީއަތް އަނެއްކާ ވެސް ފަސްކޮށްފި އެވެ.
މިއީ ސަލްމާނުލް އަވްދާގެ ޝަރީއަތް މިއަހަރުގެ ތެރޭގައި ފަސް ކުރި ދެވަނަ ފަހަރެވެ. އަލްއަވްދާގެ ދަރިފުޅު އަބްދުﷲ ޓްވިޓު ކުރައްވާފައިވާ ގޮތުގައި އަލްއަވްދާގެ މައްޗަށް ކުރާ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު އޮންނާނެއެވެ. ނަމަވެސް އަލްއަވްދާ ހާޒިރު ނުކޮށް ޝަރީއަތް ޑިސެމްބަރު މަހާ ހަމައަށް ފަަސް ކުރިކަން ވަނީ އަންގާފައެވެ.

އަލްއަވްދާ ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަލްއަވްދާގެ މައްޗަށް ގިނަ ދައުވާތަކެއް ކުރަމުންދާ އިރު، އާއްމުންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމާއި، ދައުލަތާ މެދު މީހުންގެ ތެރޭގައި ނަފުރަތު އުފެއްދުމާއި، ފަލަސްތީނުގެ މުސްލިމު ބްރަދާހުޑްއާއި ގުޅުން އޮންނަ ކަމަށް ވެސް ތުހުމަތު ކުރެއެވެ. އަލްއަވްދާގެ މައްޗަށް އެ މައްސަލަތަކުގައި މަރުގެ ހުކުމް އިއްވުމަށް ސައުދީއިން ދަނީ ވަކާލާތު ކުރަމުންނެވެ.

އަލްއަވްދާވަނީ ހައްޔަރު ކުރުމުގެ ކުރިން ސައުދީއިން ގަތަރާ ގުޅުން ކަނޑާލަން ނިންމި ނިންމުމާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފައެވެ. އަލްއަވްދާގެ އާއިލާއިން ވަނީ ގަތަރުގެ މައްސަލާގައި ސައުދީ ސަރުކާރު ދިފާއު ކުރުމަށް އެނގި ކަމަށާއި ނަމަވެސް އަލްއަވްދާ އެކަމާ ދެކޮޅު ހެއްދެވިކަމަށް ބުނެފައެވެ.

އަލްއަވްދާގެ އިތުރުން އަވަދް އަލް ގަރުނީއާއި، އަލީ އަލް އޮމާރީ ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެދެބޭފުޅުންގެ މައްޗަށް ވެސް ދަނީ މަރުގެ ހުކުމް އިއްވުމަށް ދައުވާ ކުރަމުންނެވެ.
ސައުދީ އަރަބިއްޔާ
ހިޔާލު

ރައްޔިތުން

ދީނީ ޢިލްމު ވެރިންނަށް ނާއިންސާނީ އަނިޔާ ނުޙައްޤުން ދިނުމަކީ ޣައިރު މުސްލިމު ގައުމުގެ ތަކުގެ ބޮޑުންގެ ރޭވުމެއް. ދެރަކަމަކީ މުސްލިމް ޤައުމުތަކުގެ ވެރިން މިފަދަތަ ނާއިންސާނީ ދަންތުރައުގާ ޖެހި ގޮތް ހުވެފައިވާ ކަމަށް ދެކޭތީ!!