Terrorism aai dhekolhah thamreen program eh fashaifi
image
މިއަދު ފެށި ތަމްރީން ޕްރޮގްރާމުގެ ބައިވެރިން-- ފޮޓޯ: އެންސީޓީސީ
0 ކޮމެންޓް
 

ޓެރަރިޒަމާއި ދެކޮޅަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި

ހައްދު ފަހަނަ އަޅާ ދިޔުމާއި ޓެރަރިޒަމާއި ދެކޮޅަށް ތިން ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން (އެންސީޓީސީ) މިއަދު ފަށައިފި އެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ފެށި ޕްރޮގްރާމަކީ ސައުދީ އަރަބިއްޔާގެ ނާއިފް އަރަބް ޔުނިވާސިޓީ ފޮ ސެކިއުރިޓީ ސައިންސަސްއާ ގުޅިގެން ބާއްވާ ޕްރޮގްރާމެކެވެ.

އެންސީޓީސީން ބުނީ އެ ޕްރޮގްރާމް ކުރިޔަށް ގެންދަނީ ޖަޕާނު ސަރުކާރުގެ އެހީއާ އެކުގައި ކަމަށެވެ. ތިން ދުވަހުގެ އެ ޕްރޮގްރާމުގައި 62 ފަރާތަކުން ބައިވެރިވެ އެވެ. އެއީ ސަރުކާރުގެ 18 އިދާރާއަކާއި ނުވަ އަމިއްލަ ޖަމާއަތްތަކުގެ ފަރާތުން ބައިވެރިވާ މީހުންނެވެ.

ޕްރޮގްރާމު ފެށުމުގެ ގޮތުން އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ހައްދު ފަހަނަ އެޅުމުގެ ފިކުރުތަކާއި ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެފަދަ ޕްރޮގްރާމުތައް ބޭއްވުމަށް މުހިއްމު ކަމަށެވެ.

މިއަދު ތަމްރީން ޕްރޮގްރާމު ފެށުމުގެ ގޮތުން ބައިވެރިންނަށް ސެޝަންތައް ނަންގަވާފައި ވަނީ ނާއިފް އަރަބް ޔުނިވާސިޓީ ފޮ ސެކިއުރިޓީ ސައިންސަސްގެ ފަރާތުން ބްރިގޭޑިއާ ޖެނެރަލް ޑރ. ފާހަދު އަބްދުލް އަޒީޒް އަލް ގާފިލީ އެވެ.

އެންސީޓީސީން ގެންދަނީ ވަރަށް ގިނައިން މިފަދަ ތަމްރީން ޕްރޮގްރާމުތައް ބާއްވަމުންނެވެ. އެފަދަ ޕްރޮގްރާމުތަކުގެ އަމާޒަކީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް އަހުލުވެރިވުމެވެ.
ހިޔާލު