BML in edhunu gothah Civil Court akun amureh nere nudhin
image
ބީއެމްއެލްގެ އިސްވެރިން މަޖިލީހުގެ ކޮމެޓީގައި--
0 ކޮމެންޓް
 

ބީއެމްއެލުން އެދުނު ގޮތަށް ސިވިލް ކޯޓަކުން އަމުރެއް ނެރެ ނުދިން

ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން ޝަރީއަތުން ގޮތެއް ކަނޑައެޅެންދެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންނަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ކަނޑައަޅައި ހުކުމްކޮށްފި އެވެ.
އެފަދަ އަމުރަކަށް ބީއެމްއެލުން އެދުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް އެ ބޭންކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ބޭއްވި ޑިސްޕިއުޓް މަރުހަލާގައެވެ.

ބީއެމްއެލުން ސިވިލް ކޯޓަށް ހުށަހެޅީ ދެ އެކައުންޓެއްގެ މަޢޫލޫމާތު އޮޅުންފިލުވުމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ފަރާތުން ބޭންކުގައި އެދިފައިވުމުން އެކަމުގައި ގޮތެއް ކަނޑައަޅައި ދިނުމަށް އެދިއެވެ. މި މައްސަލައަށް އޭސީސީން ވެސް ވަނީ ތަދައްޚުލުވެފަ އެވެ.

ތަހުގީގީ އިދާރާތަކުން ބަލަމުންދާ މައްސަލަތަކުގައި ބޭންކް އޮފް މޯލްޑިވްސް އިން ހޯދަން ބޭނުންވާ ބައެއް މަޢުލޫމާތު ހޯދުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ފުލުހުންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވަނީ ވިދާޅުވެފަ އެވެ.

އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ފުލުހުން އަދި އޭސީސީން ވަނީ ބީއެމްއެލްގެ އެ ނިންމުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ތަހުގީގީ އިދާރާތަކުން ތަހުގީގު ކުރާ މައްސަލަތައް ނިންމުމަށާއި އިންސާފު ހޯދުމަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ސިވިލް ކޯޓުން އެފަދައިން ހުކުމް ކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ވެސް ކުރަމުންނެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ފައިސާ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ޖަމާ ކުރުމުގައި ބީއެމްއެލްގެ މުވައްޒަފުންގެ އަތެއްވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސިީސީން) ވެސް ވަނީ މަޖިލީހުގައި ބުނެފަ އެވެ. އެގޮތުން އެމްއެމްޕީއާރުސީ ހިޔާނާތުގައި ބީއެމްއެލްގެ 38 މުވައްޒަފުން ޝާމިލްވާ ކަމަށް މާލިއްޔަތު ކޮމެޓީގައި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވަނީ ވިދާޅުވެފަ އެވެ.
ހިޔާލު