Fehendhoo aai Goidhoo gulhuvaalan sarukaaruga edhijje
image
ބ. ފެހެންދޫ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ފެހެންދޫ އާއި ގޮއިދޫ ކޯޒްވޭއަކުން ގުޅުވާލަން ސަރުކާރުގައި އެދިއްޖެ

ބ. ގޮއިދޫ އާއި ފެހެންދޫ ކޯޒްވޭއަކުން ގުޅުވާލުމަށް ފެހެންދޫ ކައުންސިލުން ސަރުކާރުގައި އެދިއްޖެ އެވެ.
ފެހެންދޫ އަކީ ގޮއިދޫއާ އެއް މޭލު ދުރުގައި އޮންނަ ރަށެކެވެ. އާބާދީގައި 303 މީހުން އުޅެމުން އަންނަ ފެހެންދޫ އިން ގޮއިދޫ އަށް ޑިންގީއެއްގައި ދިއުމަށް ހޭދަވަނީ ފަސްވަރަކަށް މިނެޓެވެ.

ފެހެންދޫ ކައުންސިލުގެ ރައީސް މޫސާ ނަސީމް މިއަދު ސީއެންއެމް އަށް ވިދާޅުވީ ދެ ރަށް ކޯޒްވޭއަކުން ގުޅާޅުމަށް އެދުނީ މީގެ ދެ މަސް ކުރިން އެ ރަށު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއުކެ ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ކަމަށެވެ.

"މިރަށަށް މިވަގުތު އެންމެ ބޮޑު ކަމަކަށް ކުރިމަތިވެފައި އޮތީ ކިޔެވުމަށް ގޮއިދޫ އަށް ދާން ޖެހޭ މައްސަލަ. އެހެންވެ އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް އަޅުގަނޑުމެން އެދުނީ ކޯޒްވޭ އަކުން ގޮއިދޫއާ ގުޅާލަދިނުމަށް،" ނަސީމް ވިދާޅުވި އެވެ.

އާބާދީ ކުޑަވުމުގެ ސަބަބުން 2008 ވަނަ އަހަރުން ފެށިގެން ފެހެންދޫ ސްކޫލު ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ އެ ރަށު ކުދިން ކިޔަވަން ދާން ޖެހެނީ ގޮއިދޫ ސްކޫލަށެވެ. ގޮއިދޫ އަށް ދިޔުމަށް އޮންނަ ޑިންގީގެ ހާލަތު ގޯސްވުމުން އެ ކުދިންނަށް ވަރަށް ބައިވަރު އުނދަގޫތަކާއި ކުރިމަތިވެ އެވެ.

ކަނޑުގަދަ އަދި ވިއްސާރަ މޫސުމުގައި އެކުދިން ސްކޫލަށް ދަނީ ތެމި ފޯވެގެން ތިބެ އެވެ. ސަބަބަކީ ޑިންގީގެ ގެގަނޑުން ހުރިހާ ކުދިންނަށް ހިޔާ ނުވެވުމެވެ. އަދި އަވިދޭ ނަމަވެސް އެކުދިން ރަނގަޅަށް ހިޔާވާނެ ގޮތެއް ނޯވެ އެވެ.

އެހެންވެ، ދާދި ފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެރަށު ކުދިން ސްކޫލަށް ދިއުމަށް ހިޔާކޮށްފައި އޮންނަ ފެރީއެއް ހޯދައިދޭން ނިންމާފަ އެވެ. އެ ފެރީ ހޯދަން ހަމަޖައްސާފައި ވަނީ އިންޑިއާ ސަރުކާރުން ދިން އެހީ އިންނެވެ.
ހިޔާލު