Offshore platform garaaru majileehun balaigenfi
image
ރައްޔިތުންގެ މަޖިލިސް--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ދިވެހި މަސްވެރިންނަށް އޮފްޝޯ ޕްލެޓްފޯމް ގާއިމުކޮށްދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

ދިވެހިން މަސްވެރިކަން ކުރާ ސަރަޙައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ޤާއިމު ކުރުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބަލއިގެންފި އެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދެވެ. މިއަދު މިގަރާރު މަޖިލީހުން ބަލަގެންފައި ވަނީ ވޯޓުގައި ބައިވެރިވި 71 މެމްބަރުންގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ.

މިއަދު އޮތް 19 ވަނަ މަޖިލީހުގެ 26 ވަނަ ޖަލްސާގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ މި ގަރާރަށް ވަރަށް ބޮޑަށް ތާއީދުކުރައްވައިފަ އެވެ. އެބޭފުޅުން ވިދާޅުވީ މިއީ ދިވެހި މަސްވެރިންނަށް ވަރަށް މުހިންމު ގަރާރެއް ކަމަށެވެ.

ނަމަވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވިދާޅުވީ ބޮޑު އަގު ދީފައިވާ އޮފްޝޯ ޕްލެޓުފޯމުތައް އެޅުމުގެ ބަދަލުގައި މަސްވެރިންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުން މިވަގުތު މާ މުހިއްމު ކަމަށެވެ.

އޮފްޝޯ ޕްލެޓްފޯމުތައް އެޅުމަށް މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގެ އިޤުތިސާދުގައި މުހިއްމު ސިނާއަތަކަށްވީ ހިނދު އަދި ގިނަ އަދަދެއްގެ ދިވެހިން އެ މަސައްކަތުގައި ހަރަކާތްތެރިވާ ސިނާއަތަކަށްވެ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފުޅާކޮށް، އެ މަސައްކަތުގެ ސީދާ ނަފާ ވިހާ ވެސް ފުޅާ ދާއިރާއެއްގައި ދިވެހިންނަށް ހޯދާ ދިނުމުގެ މުހިއްމުކަން ބޮޑުވެ އެކަމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

މަސްވެރިކަމާއި ބެހޭ ގޮތުން އެމްޑީޕީން ހުށަހަޅާފައިވާ ފަސް ގަރާރެއްގެ މަސައްކަތް މިވަގުތު މަޖިލީހުގައި ކުރިއަށް ދެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިފައިވާ ބައެއް އޮޑިޓް ރިޕޯޓުތައް މާލިއްޔަތު ކޮމިޓީން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓު ވެސް މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފަ އެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓް ފާސްވެފައި ވަނީ ޖަލްސާގައި ބައިވެރިވި 72 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ހިޔާލު