China inn foreign ministry ge office imaaraaiy maraamaathu koh dhenee
image
މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓްރީ
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ޗައިނާ އިން ފޮރިން މިނިސްޓްރީގެ އޮފީސް އިމާރާތް މަރާމާތުކޮށްދެނީ

ޗައިނާގެ އެހީގެ ދަށުން ފޮރިން މިނިސްޓްރީގެ އޮފީސް އިމާރާތް މަރާމާތު ކުރުމުގެ ޕްރޮޖެކްޓެއް ފަށައިފި އެވެ.
އެ ޕްރޮޖެކްޓް ފެށުމުގެ ގޮތުން ފޮރިން މިނިސްޓްރީގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

"ޗައިނާ-އެއިޑް ރިނޮވޭޝަން ޕްރޮޖެކްޓް އޮފް މޯލްޑިވްސް މިނިސްޓްރީ އޮފް ފޮރިން އެފެޔާޒް އޮފީސް ބިލްޑިން" ގެ ނަން ދެވިފައިވާ ޕްރޮޖެކްޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޗައިނާގެ ސަރުކާރުން ރާއްޖެެއަށް ކަނޑުއަޅާފައި ހުންނަ ސަފީރު ޒަންގް ލިޒޮންގް ވެސް ވަނީ ބައިވެރިވެވަޑައިގަންފަ އެވެ.

ލިއޮންގްގެ އިތުރުން ވެސް ޗައިނާ ސަރުކާރުގެ އިސް ބޭބޭފުޅުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ހިޔާލު

މަ

ސަޅި! ވަކިފަރާތަކަށް ނުޖެހި އެކުވެރިކަން ޤާއިމްކުރަންވީ!