Barun Sobti ge dharifulhuge photo eh dhahkaalaifi
image
ބަރުން އާއި އެނާގެ ދަރިފުޅު---
0 ކޮމެންޓް
 

ބަރުން ސޮބްޓީގެ ދަރިފުޅުގެ ފޮޓޯއެއް ދައްކާލައިފި

"އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން" އިން މަގުބޫލުކަން ހޯދި އަރްނަވް، އަސްލު ނަމުން ނަމަ ބަރުން ސޮބްޓީގެ ދަރިފުޅުގެ ފުރަތަމަ ފޮޓޯ ދައްކާލައިފިއެވެ.
ބަރުންނަށް ދަރިއަކު ލިބިފައިވަނީ މިދިޔަ މަހު 28 ގައެވެ. ދަރިފުޅަށް "ސިފާތު" ގެ ނަން ދީފައިވާއިރު ސިފާތުގެ ފުރަތަމަ ފޮޓޯ ވަނީ މިހާރު ދައްކާލާފައެވެ. އެފޮޓޯއިން ބަރުން ވެސް ފެނިގެންދެއެވެ.

ބަރުންނާއި ޕަޝްމީން ކައިވެނިކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ. މިއީ އެދެމީހުންގެ ފުރަތަމަ ދަރިފުޅެވެ.

ބަރުން ފެނިގެން ދިޔަ ބައެއް ޝޯތަކުގެ ތެރޭގައި "ބާތު ހަމާރީ ޕައްކީ ހޭ" އާއި "ތަންހާއިޔާން" އަދި "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން 3" ހިމެނެއެވެ. ބަރުން ވަނީ މިދިޔަ އަހަރު ނެރުނު ފިލްމު " 22 ޔާޑް" އިން ވެސް ފެނިގެން ގޮސްފައެވެ.
ހިޔާލު