Alibaba ga thakethi vikkumuge furusathu America ge viyafaari verinnah hulhuvaalaifi
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އަލީބާބާގައި ތަކެތި ވިއްކުމުގެ ފުރުސަތު އެމެރިކާގެ ވިޔަފާރިވެރިންނަށް ހުޅުވާލައިފި

އޮންލައިންކޮށް ވިޔަފާރި ކުރެވޭ މަގްބޫލު ޕްލެޓްފޯމް އަލީބާބާ ގައި ތަކެތި ވިއްކުމުގެ ފުރުސަތު އެމެރިކާގެ ވިޔަފާރިވެރިންނަށް ހުޅުވާލުމަށް ނިންމައިފި އެވެ.
އެމެރިކާގެ ރައްޔިތުންނަށް ހުޅުވާލި އެ ފުރުސަތާއެކު އެމެރިކާގައި ހުރި އޮންލައިން ވިޔަފާރި ކުރާ ޕްލެޓްފޯމުތަކާއި ވާދަކުރެވޭނެ ކަމަށް އަލީބާބާ އިން ބުނެ އެވެ.

އެމެރިކާގެ ފަރާތްތަކަށް އަލީބާބާއިން ތަކެތި ގަތުމުގެ ފުރުސަތު ކުރިން އޮތް ނަމަވެސް، އެ ޕްލެޓްފޯމުގައި ތަކެތި ވިއްކުމުގެ ފުރުސަތެއް އެމީހުންނަށް ދީފައެއް ނުވެ އެވެ.

ޗައިނާ އާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއް އޮތް ކަމުގައި ވިޔަސް އެ ދެ ގައުމުގެ ހަމަނުޖެހުންތަކާ މެދު ހާސް ނުވާ ކަމަށް އަލީބާބާ ގްރޫޕުން އެމެރިކާ އަށް ކަނޑައަޅާފައި ހުންނަ ވެރިޔާ ޖޯން ކެޕްލަން ވަނީ ވިދާޅުވެފަ އެވެ.

އެ ނިންމުމުގެ ސަބަބުން ރަނގަޅު ތަރުހީބެއް ލިބިގެން ދާނެ ކަމަށް ވެސް އޭނާ ދެކެ އެވެ. ޗައިނާގެ ކުންފުންޏެއް ކަމަށްވާ އަލީބާބާއަކީ 1999 ވަނަ އަހަރު ފެށި ވިޔަފާރިއެކެވެ.
ޗައިނާ އެމެރިކާ
ހިޔާލު