Dhe anbah kaivenikuran dhoshee an'beege bayaan nagan jeheyne
image
ސްޕްރީމް ކޯޓް.
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ދެ އަންބަށް ކައިވެނިކުރަން ދޮށީ އަނބީގެ ބަޔާން ނަގަންޖެހޭނެ: ސްޕްރީމް ކޯޓު

އެއް އަންބަށް ވުރެ ގިނަ އަނބީންނާ ކައިވެނިކުރަން އެދޭނަމަ، ދޮށީ އަނބިމީހާގެ ބަޔާނެއް ނަގަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.
ސްޕްރީމް ކޯޓުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އެގޮތަށް ނިންމީ، އެއް އަންބަށް ވުރެ ގިނަ އަނބީންނާ ކައިވެނި ކުރާ ފިރިހެނާއަކީ އަނބިދަރީންނަށް ހަރަދުކުރާ ފިރިހެއްނެއްކަން ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ.

ދެވަނަ އަންބަކާ ކައިވެނި ކުރާއިރު އަނބިދަރިންނަށް ހަރަދުކުރޭތޯ ބެލުމަށް މީގެކުރިން ވެސް ރާއްޖޭގެ ކޯޓުތަކުން ދިޔައީ ބަޔާން ނަގަމުންނެވެ.

އެކަމަކު ސުޕްރީމް ކޯޓުގެ އެ އުސޫލު އިތުރަށް ވަރުގަދަކޮށް ސާކިއުލާ އެއް ނެރުނީ، ފަހަކަށް އައިސް ބައެއް ކޯޓުތަކުން ހަރަދު ރެކޯޑެއް ނެތްނަމަ ވެސް އެއީ އަނބިދަރީންނަށް ހަރަދުކުރާ މީހެއްކަމުގައި ބަލައި، އަނބިމީހާގެ ބަޔާންނެގުމަކާއި ނުލާ ކައިވެނިކޮށްދެމުންދާކަން ފާހަގަ ކުރެވޭތީ އެވެ.

ހިޔާލު

ހަސީލް

ނަގާނެވަރަކައް ބަޔާން ނެގިޔަސް ކާވެނި ކޮއްދޭންޖެހޭނީ..