Kanduhulhudhoo magistrate Hassan suspend koffi
image
ހަސަން ދީދީ
ސީއެންއެމް
0 ކޮމެންޓް
 

ކަނޑުހުޅުދޫ މެޖިސްޓްރޭޓް ހަސަން ސަސްޕެންޑްކޮށްފި

ގއ ކަނޑުހުޅުދޫ ކޯޓްގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ ސަސްޕެންޑް ކޮށްފި އެވެ.
ހަސަން ދީދީ ސަސްޕެންޑް ކޮށްފައިވަނީ އޭނާގެ މައްޗަށް ޖުޑީޝަލް ސާރވިސްކޮމިޝަނަށް ހުށަހެޅުނު މައްސަލަ ބެލުމަށް ފަހު ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަނުން ބުނީ ހަސަން ދީދީ ވަޒީފާއަށް ނުނިކުމެވޭގޮތަށް ސަސްޕެންޑް ކޮށްފައިވަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަ ބަލައި ނިމެންދެން ކަމުގައެވެ.

މީގެ އިތުރުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ވަގުތީގޮތުން ބަދަލުކޮށްފައިވާ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް ހުސައިން ރަޝީދު އަލުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުމަށްވެސް ޖޭއެސްސީން މިއަދުވަނީ ނިންމާފައެވެ. މެޖިސްޓްރޭޓް ހުސައިން އަލުން ފުވައްމުލަކު ކޯޓަށް ބަދަލުކުރުމަށް ނިންމާފައިވަނީ އަންނަ އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ.

ޖޭއެސްސީން ބުނީ ހުސައިން ރަޝީދު އަލުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުމަށް ނިންމާފައިވަނީ އޭނާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރި މަގްސަދު ހާސިލްވަމުން ނުދާތީ ކަމުގައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.

ޖޭއެސްސީ
ހިޔާލު